އުނގޫފާރުގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި

އެކްސިޑެންޓު ހިނގީ މީގެ އިރުކޮޅެއް ކުރިން އުނގޫފާރު ޕޮލިސް ސްޓޭޝަން ހުންނަ މަގުގައެވެ. އެކްސިޑެންޓު ވެފައިވަނީ ދުއްވާފައި ދިޔަ 2 ސައިކަލެކެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ، އުނގޫފާރުގައި ހިނގި މި ހާދިސާ މައުލޫމާތު މިއަދު 14:30 އެހާކަށްހާއިރު ލިބިފައިވާ ކަމަށެވެ. އޭނާ ވިދާޅުވީ، އެކްސިޑެންޓުގައި އަނިޔާވެފައިވަނީ 39 އަހަރުގެ ފިރިހެނަކާއި 33 އަހަރުގެ ފިރިހެނަކަށް ކަމަށެވެ. އަދި އެ ދެމީހުންގެ ތެރެއިން އެކަކަށް ފަރުވާ ދިނުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށާއި، އަނެއް މީހާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. ފުލުހުން ވިދާޅުވީ މި ހާދިސާއާއި ގުޅިގެން ބަލަމުން ދާ ކަންކަން ބަލަމުން ގެންދާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ