ޕެނެލްޓީގައި ޗެލްސީ ބަލިކޮށް، ޔޫރަޕްގެ ޗެމްޕިއަން ލިވަޕޫލުން ސުޕަ ކަޕް ކާމިޔާބު ކޮށްފި

ޕެނެލްޓީގައި ޗެލްސީ ބަލިކޮށް، ޔޫރޮޕްގެ ޗެމްޕިއަން ލިވަޕޫލުން ސުޕަ ކަޕް ކާމިޔާބު ކޮށްފިއެވެ.
ޔޫރަޕްގެ ގަދަ ބާރެއްގެ ގޮތުގައި ލިވަޕޫލް ބޮޑަށް ފާހަގަވެގެން ދިޔައީ 1900ގެ ފަހުކޮޅުގެ އިތުރުން 2000ގެ ކުރީކޮޅުގައެވެ. އެ ދޭތެރެއަކުން ކްލަބުގެ ފޯމް ދަށްކޮށް ދިޔައިރު، އެޓީމުން ޔޫރަޕްގެ ރަސްމަކަށް އަނބުރާ އައީ މިދިޔަ ސީޒަންގެ ޗެމްޕިއަންސް ލީގާ އެކުގައެވެ. ލިވަޕޫލުން ޔޫރަޕްގެ ޗެމްޕިއަނުން ގޮތުގައި މިރޭގެ ސުޕަ ކަޕަށް ނުކުތީވެސް 2004 ވަނަ އަހަރު އެޓީމުން ޗެމްޕިއަންސް ލީގު ތަށި ހޯދިއިރު، އުފާވެރި ހަނދާންތަކެއް ގެނެސްދޭ އިސްތާންބޫލް ސިޓީގައެވެ.
ތާރީހުވެސް އޮތީ ލިވަޕޫލް އަތުގައެވެ. ޗެލްސީން މީގެ ކުރިން ތިން ފަހަރަށް ސުޕަ ކަޕް ކުޅުނުއިރު، މޮޅުވީ 1998 ވަނަ އަހަރުގެ މެޗުން އެކަންޏެވެ. އެންމެފަހުން ޗެލްސީން 2013 ވަނަ އަހަރު ސުޕަ ކަޕުން ބަލިވީ އެތުލެޓިކޯ މެޑްްރިޑް އަތުންނެވެ. ލިވަޕޫލުން ފަސް ފަހަރަށް ސުޕަ ކަޕް ކުޅެ، ތިން ފަހަރަށް ކާމިޔާބު ކޮށްފައިވާއިރު، އެންމެފަހުން ސުޕަ ކަޕް ކުޅުނީ 2005 ވަނަ އަހަރުއެވެ. އެ އަހަރު ލިވަޕޫލުން ސުޕަ ކަޕް އުފާލިވެސް މެއެވެ.
މެޗުގެ ކުރީކޮޅުގައި ލިވަޕޫލްގެ މުހައްމަދު ސަލާހް އަދި ސަޑިއޯ މާނޭގެ ހަމަލާތަކެއް ފެނުނު ނަމަވެސް، ޗެލްސީން ވަނީ ހާފްގެ ކޮންޓްރޯލް ނަގާފައެވެ. ކައުންޓާ އެޓޭކްގައި ޗެލްސީ ނުރައްކާކުރިއިރު، ޑިފެންސުން ބޯޅަ ހޯދާ ކުރިއަށް ސަޕްލައި ކޮށްދިނީ އެންގޯލޯ ކާންޓޭއެވެ. ޕުލިސިޗާއި ޕެޑްރޯގެ ސްޕީޑަށް ޗެލްސީން ބޮޑަށް ވިސްނިއިރު، ޕުލިސިޗްގެ ޕާހަކުން ޗެލްސީއަށް ލީޑު ނަގައިދިނީ އޮލިވިއާ ޖިރޫޑެވެ.
ޖިރޫގެ ގޯލްގެ އިތުރުން ޕެޑްރޯގެ ހަމަލާއެއް ގޯލްގެ ހުރަސް ދަނޑިއަށްވެސް އަމާޒުވިއިރު، ޗެލްސީން ހާފް ނިންމާލީ ވަރުގަދަ ޓީމުގެ ގޮތުގައެވެ. މިދިޔަ އަހަރުގެ ޔޫރޮޕާ ލީގު ޗެމްޕިއަން ޗެލްސީއަށް ދެވަނަ ހާފްގެ ފެށުން ދިޔައީ އުނދަގޫ ކޮށެވެ. ލިވަޕޫލްގެ ފޯވަޑް ލައިނަށް ރޮބާޓް ފިރްމީނޯ ނުކުމެ، ފުރަތަމަވެސް ތަފާތު ދެއްކިއެވެ.
މެޗުގެ 48 ވަނަ މިނެޓުގައި ފިރްމީނޯގެ ޕާހަކުން ލީޑު ނަގައިދިނީ މާނޭއެވެ. ޗެލްސީގެ ގޯލްކީޕަރު ކެޕާ އަރީޒާބަލާގާގެ ގޯހަކުން އެ ގޯލް ވަންއިރު، އޭގެފަހުން ލިވަޕޫލްގެ ނުރައްކާ ދެތިން ހަމަލާއެއް ފުލުފުލުގައި ފެނިގެންދިޔައެވެ. އެހެން ނަމަވެސް ލަމްޕާޑްގެ ޗެލްސީން ވަނީ ލިވަޕޫލްގެ އެޓޭކްތައް މަޑު ޖައްސާލާފައެވެ. ޗެލްސީ ޓްރާންސްފާ ބޭންއެއްގައި އޮތްއިރު، އެޓީމުގެ މުހިއްމު ދެ ކުޅުންތެރިއެއް ކަމަށްވާ އެޑެން ހަޒާޑާއި ޑޭވިޑް ލުއިޒްވެސް ވަނީ ކްލަބު ދޫކޮށްލާފައެވެ.
ޒުވާން ކުޅުންތެރިންތަކަކާވެސް އެކު، ޗެލްސީން މި ސީޒަނަށް ނުކުތީ ޗެލެންޖްތަކަކާ އެކުގައެވެ. ލީގުގެ ފުރަތަމަ މެޗުން ޔުނައިޓެ އަތުން ބޮޑު ބައްޔެއްވި ނަމަވެސް، އެޓީމުން އަންނަނީ ރަނގަޅު ކުޅުމެއް ދައްކަމުންނެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ލިވަޕޫލްއަށް ލީޑު ނަގަން މުހިއްމު ފުރުސަތެއް ލިބުނެވެ. ކޯނަރެއްގެ އެހީގައި ލިވަޕޫލްއިން ތަނަވަސްކުރި ފުރުސަތުގައި ވެންޑައިކް ފޮނުވާލި ބާރު ހަމަލާ މަތަކުރީ ކެޕާއެވެ. މެޗު އިތުރު ވަގުތަށް ދިޔައިރު، އިތުރު ވަގުތުގެ ވަރަށް ކުރީކޮޅުގައި މާނޭ ލިވަޕޫލްއަށް ނަތީޖާ އަނބުރާލައި ދިނެވެ. އެހެން ނަމަވެސް ޗެލްސީން ދުލެއްނުދިނެވެ. ޓެމީ އެބްރަހަމްގެ ނުރައްކާ ފެނުނުއިރު، އޭނާ މަސައްކަތުން ޕެނެލްޓީއެއްވެސް ހޯދައިިދިނެވެ.
ލިވަޕޫލްއިން މިރޭގެ މެޗަށް އަނިޔާގައި ހުރި އެލިސަން ބެކާ ނުލާ ނުކުތްއިރު، ބަދަލު ގޯލްކީޕަރު އެޑްރިއަން އަބްރަހްމްއަށް ކުރި ފައުލަށް ރެފްރީ ދިނީ ޕެނެލްޓީއެކެވެ. މިރޭގެ މެޗުގައި އަންހެން ރެފްރީއެއް ރެފްރީކަން ކުރިއިރު، އެއީ މި ލެވެލްގެ ފިރިހެން މެޗެއްގައި އަންހެނަކު ރެފްރީކަން ކުރި ފުރަތަމަ ފަހަރެވެ. ޖޯޖީނިއޯގެ ޕެނެލްޓީއާއެކު ޗެލްސީން ނަތީޖާ ހަމަހަމަކޮށް ހިތްވަރާއެކު ކުޅެން ފެށިއެވެ.
މެޗުގެ ފަހު ކޮޅުގައިވެސް މޭސަން މައުންޓްގެ ނުރައްކާތެރި ހަމަލާއެއް ލިވަޕޫލްގެ ގޯލްކީޕަރު އެޑްރިއަން ދިފާއުކުރިއިރު، ޗެލްސީގެ މުހިއްމު ދެ ހަމަލާއަކާއެކުވެސް ނަތީޖާ އަނބުރައެއް ނުލެވުނެވެ.
ތަފްސީލު އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ