މިލަދޫ ސްކޫލްގެ ތިޖޫރީން ގެއްލުނު ފައިސާ ހޯދައި މީހަކު ހައްޔަރުކޮށްފި

ނ. މިލަދޫގެ ހިދާޔާ ސްކޫލް ތިޖޫރީ ފަޅާލައިގެން ވަގަށް ނެގި ލައްކަ އަކަށްވުރެ ގިނަ ރުފިޔާގެ ތެރެއިން 94,705 ރ. ވައްކަމުގެ އެހެން މައްސަލައެއްގައި ތުހުމަތުވެގެން ބަލައި ފާސް ކުރި ގެއަކުން ފެނިއްޖެ އެވެ. އަދި އެ ދެ މައްސަލާގައި މީހަކު ވެސް ވަނީ ހައްޔަރުކޮށްފަ އެވެ.
ފުލުހުން ބުނީ މިލަދޫ ގެއަކުން 19،000ރ. ވަގަށް ނެގި މައްސަލައެއްގައި ކޯޓް އަމުރެއްގެ ދަށުން އެ ރަށުގެ ގެއެއް ބަލައި ފާސްކުރި އިރު އެގޭގެ އެއް ކޮޓަރިއެއްގެ 94,705 ރ. ފެނުނު ކަމަށެވެ. އަދި އެގޭގެ އެހެން ކޮޓަރިއެއްގެ ތެރެއިން 1315 ރ. ފެނުނު ކަމަށެވެ.
އަދި ބުނީ އެ ފައިސާތަކުގެ ތެރޭގައި ހިމެނޭ 94,705ރ. އަކީ ހިދާޔާ ސްކޫލްގެ ތިޖޫރީ ފަޅާލައިގެ ނެގި ފައިސާތައް ކަމަށް ބެލެވޭތީ ދެ މައްސަލައާ ގުޅިގެން ހައްޔަރު ކޮށްފައިވާ މީހެއްގެ މައްޗަށް ތަހުގީގެއް ފަށާފައިވާ ކަމަށެވެ.
ހިދާޔާ ސްކޫލްގެ ތިޖޫރި ފަޅާލައިގެން ފައިސާ ވަގަށް ގެންގޮސްފައިވަނީ ވެސް އިއްޔެ ރޭގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ