ބަރުލަމާނީ ނިޒާމު ގެނައުމަށް ތާއީދުކުރަން އިދިކޮޅު ކޯލިޝަނުން ނުނިންމާ: ޢަބްދުއްރަޙީމް

ދިވެހިރާއްޖޭގައި ބަރުލަމާނީ ނިޒާމެއް ޤާއިމުކުރުމަށް އިދިކޮޅު ޕްރޮގްރެސިވް ކޯލިޝަނުގައި ހިމެނޭ ދެ ޕާޓީ ކަމުގައިވާ ޕީޕީއެމްއާއި ޕީއެންސީން ނިންމާފައިނުވާ ކަމުގައި ޕީއެންސީގެ ރައީސް ޢަބްދުއްރަޙީމް ޢަބްދުﷲ ވިދާޅުވެއްޖެއެވެ. Raajjeyge veri kamauge nizaam,barulamaanee nizaamakah furolhaalumah thaa’eedhu kuran PPM/PNC in ninmaafa’eh noannaane.alhugandumenge masahkathakee mi sarukaarun hadhaa goasthah rayyithunnah thila kohdhinun.RY minivan koh alun veri kamah gena’un.E’ee Gaumaa rayyithunge haggugai.— Abdul Raheem Abdulla (@Banafsaa) May 26, 2020އިދިކޮޅު ކޯލިޝަން ހިންގެވުމާ ޙަވާލުވެވަޑައިގެން ހުންނެވި ރައްޔިތުން މަޖިލިހުގެ ފުނަދޫ ދާއިރާގެ ކުރީގެ މެންބަރު ޢަބްދުއްރަޙީމް މިފަދައިން ވިދާޅުވީ މިއަދު އޭނާ ކުރެއްވި ޓުވީޓެއްގައެވެ. ޕީއެންސީގެ ޕާލަމަންޓަރީ ގުރޫޕުގެ ލީޑަރު އަދި ރައްޔިތުން މަޖިލިހުގެ މަޑުއްވަރީ ދާއިރާ މެންބަރު އާދަމް ޝަރީފު ޢުމަރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވި ވާހަކަފުޅެއް އޮޅޭ ގޮތަށް އިދިކޮޅު ކޯލިޝަނުން ބަރުލަމާނީ ނިޒާމަކަށް ތާއީދުކޮށްފައިވާ ކަމުގައި ބައެއް ނޫސްތަކުން ބުނެފައިވެއެވެ. ނަމަވެސް އާދަމް ޝަރީފު ވިދާޅުވެފައިވަނީ ސަރުކާރު މިހާރު ވަރަށް ބަލިކަށި ކަމުގައެވެ. އަދި އެތެރޭގެ ކޯޅުންތައްވެސް އިތުރުވެފައިވާ ކަމުގައެވެ. އަދި ސަރުކާރަށް އޮތީ ދައުރުގެ މެދުން އިންތިޚާބެއް ބޭއްވުން ނުވަތަ ބަރުލަމާނީ ނިޒާމަށް ރައްޔިތުންގެ ތާއީދު އޮތްތޯ ބެލުމަށް ވޯޓެއް ނެގުން ކަމުގައެވެ. ޢަބްދުއްރަޙީމް ކުރެއްވި ޓުވީޓުގައި ވިދާޅުވެފައިވަނީ އިދިކޮޅު ކޯލިޝަނުން މަސައްކަތްކުރަމުންދަނީ ޖަލުގައި ހުންނެވި އެކޯލިޝަނުގެ ލީޑަރު ރައީސް ޢަބްދުﷲ ޔާމީން މިނިވަންކުރުމަށް ކަމުގައެވެ. އަދި އެމަނިކުފާނު އަނބުރައި ވެރިކަމަށް ގެނައުމަށް ކަމުގައެވެ. އެއީ ރައްޔިތުންގެ ޙައްޤުގައި ކުރަންޖެހޭ ކަމެއް ކަމުގައިވެސް ޢަބްދުއްރަޙީމް ވިދާޅުވިއެވެ. ޢަބްދުއްރަޙީމުގެ އިތުރަށް އާދަމް ޝަރީފުވެސްވަނީ އިދިކޮޅު ކޯލިޝަނުން ބަރުލަމާނީ  ނިޒާމަކަށް ތާއީދުކުރުމާމެދު ވިސްނާފައިނުވާ ކަމުގައި ބުނެފައެވެ. 
މިލިޔުން ކިޔާލުމުން
0 %
އުފާވި
0 %
ދެރަވި
0 %
ރުޅިއައި
0 %
މައުލޫމާތު މުއްސަނދިވި
ކިޔުންތެރިންގެ ހިޔާލު
ފޮނުވާ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ