ރާއްޖޭގައި ތެލުގެ އަގު މައްޗަށް، ދުނިޔޭގެ ބާޒާރުގައި ދަށަށް

އެސްޓީއޯއިން ވިއްކާ ޑީސަލާއި ޕެޓްރޯލްގެ އަގު ބޮޑުކޮށްފިއެވެ.
އެސްޓީއޯއިން ނެރެފައިވާ ބަޔާނެއްގައި ބުނެފައިވަނީ އިއްޔެއިން ފެށިގެން ޑީސަލް ލީޓަރެއް ވިއްކާނީ ސޯޅަ ރުފިޔާ ސާޅީސް ފަސް ލާރިއަށް އަދި ޕެޓްރޯލް ލީޓަރެއް ސޯޅަ ރުފިޔާ ފަސްދޮޅަސް އަށް ލާރިއަށް ކަމަށެވެ.
ތެލުގެ އަގަށް ގެނައި މިބަދަލާއެކު، މީގެ ކުރިން ފަނަރަ ރުފިޔާ ނުވަދިހަ ހަ ލާރިއަށް ވިއްކަމުން އައި ޑީސަލް ލީޓަރަކުން މިހާރު މިވަނީ ސާޅީސް ނުވަ ލާރި ބޮޑުވެފައެވެ. އަދި ސޯޅަ ރުފިޔާ އެކާވީސް ލާރިއަށް ވިއްކަމުން އައި ޕެޓްރޯލް ލީޓަރަކުން ސާޅީސް ހަތް ލާރި ވަނީ ބޮޑުވެފައެވެ.
މިބަދަލު ގެންނަން ޖެހުނީ ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގުބޮޑުވެ، އަދި ރާއްޖެއަށް އެތެރެކުރެވޭ ސާފުކުރި ތެލުގެ އަގު މަތިވެ އެސްޓީއޯއަށް ވޭތުވެދިޔަ އެއްމަސްދުވަހުގެ ތެރޭގައި ގެނެވުނު ތެލުގެ ޝިޕްމަންޓްތަކުގެ އަގުބޮޑުވެފައިވާތީ ކަމަށް އެސްޓީއޯއިން ބުނެއެވެ.
މިއީ މިއަހަރުގެ ތެރޭގައި ތެލުގެ އަގު އެސްޓީއޯއިން މައްޗަށް ގެންދިޔަ ތިންވަނަ ފަހަރެވެ. ރާއްޖޭގައި ތެލުގެ އަގު އުފުލެމުންދާއިރު ދުނިޔޭގެ ތެލުގެ ބާޒާރުގައި ތެލުގެ އަގު މިވަގުތު ހިފާފައިވަނީ ދަށަށެވެ. މިއަހަރުގެ ޖެނުއަރީ މަހުން ފެށިގެން ތެލުގެ ޑިއުޓީ ވެސް ސަރުކާރުން ވަނީ މާފުކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ