ނަޝީދު އަލުން ވެރިކަމަށް ވަޑައިގެންފިނަމަ ސިފައިންނާއި ފުލުހުން އެމަނިކުފާނާއިއެކު މަސައްކަތް ކުރާނެކަމަށް ބުނެފި

މިއުސަމް އައްބާސް
ކުރީގެ ރައީސް މުހައްމަދު ނަޝީދު އަލުން ވެރިކަމަށް ވަޑައިގެންފި ނަމަ ގާނޫނު އަސާސީގައިވާ ގޮތުގެ މަތިން ސިފައިންނާއި ފުލުހުން އެ މަނިކުފާނާއެކު މަސައްކަތްކުރާނެކަން ކަށަވަރުކުރާކަމަށް މިހާރުގެ ޑިފެންސް މިނިސްޓަރ މުހައްމަދު ނާޒިމް ވިދާޅުވެއްޖެއެވެ.
ނާޒިމްގެ ރަސްމީ ފޭސްބުކް އެކައުންޓްގައި ނާޒިމް ލިއުއްވާފައިވަނީ ނަޝީދުގެ ވެރިކަމެއްގައި ހިދުމަތްކުރުމަށް ފުލުހުންނާއި ސިފައިންނަށް އުނދަގޫވާނެ ކަމަށެވެ. ނަމަވެސް އަލުން ރައީސް ނަޝީދު ވެރިކަމަށް ވަޑައިގެންފިނަމަ ޤާނޫނު އަސާސީގައި ވާގޮތުގެ މަތިން ސިފައިންނާއި ފުލުހުން ރައީސް ނަޝީދާއިއެކު މަސައްކަތް ކުރެއްވި ނަމަވެސް ފުލުހުންނާއި ސިފައިން ގަބޫލުކުރާ ގޮތުގައި ނަޝީދުގެ އިސްތިއުފާ ދެއްވަން ޖެހިވަޑައިގެންނެވީ އަމިއްލަފުޅަށް ކުރެއްވި ކަންތައްތަކެއްގެ ސަބަބުންނެވެ.
އަދި ރައީސް ނަޝީދު އިސްތިއުފާ ދެއްވުމަށް ފަހު މަގުމައްޗަށް ނުކުމެވަޑައިނުގަތުމަށް ނަޝީދު ވައުދުވެވަޑައިގެންނެވި ކަމަށާއި ނަމަވެސް ސައްވީސް ގަޑީއިރުގެ ތެރޭގައި ރައީސް ނަޝީދު މަގުމައްޗަށް ނުކުމެވަޑައިގެން ސަލާމަތީ ބާރުތަކުގެ އިންޓެގްރިޓީއާ މެދު ސުވާލު އުފައްދަވާފައިވާ ކަމަށާއި އިސްތިއުފާ ދެއްވުމަށް ފަހު ހިނގައިދިޔަ ކަންތައްތަކާ މެދު ސަލާމަތީ ބާރުތަކުން ތިބީ ހިތްހަމަނުޖެހިފައި ކަމަށް ޑިފެންސް މިނިސްޓަރުގެ ފޭސްބުކް އެކައުންޓްގައި ލިއުއްވާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ