ސިފައިންގެ އާއިލާތަކަށް ހާއްސަ ރޯދަސޭލެއް

ރޯދަމަހާއި ދިމާކޮށް ސިފައިންގެ ކޯޕަރޭޓިވް (ސިފްކޯ) އިން ރޯދަ ސޭލްގެ ނަމުގައި މިމަހުގެ 5 ކުން 9 އަކަށް ސިފައިންގެ އާއިލާތަކަށް އަމާޒުކޮށް ސޭލެއް ފަށައިފިއެވެ.
އެމްއެންޑިއެފްއިން މައުލޫމާތު ދޭގޮތުގައި މި ސޭލަކީ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް ހެޔޮއަގުގައި ރޯދައަށް ބޭނުންވާ ސާމާނު ގަންނަންލިބޭނެ މަގު ތަނަވަސްކޮށް ދިނުމުގެގޮތުން ހުޅުވާފައިވާ ސޭލެކެވެ.
އެމްއެންޑީއެފްއިން އިތުރަށް ބުނެފައިވަނީ މިސޭލްގައި ބާޒާރުގެ އަގުތަކަށްވުރެ ހެޔޮއަގުގައި ހުރިހާ މުދަލެއްވެސް ލިބެން ހުންނާނެ ކަމަށާއި މިސޭލްގައި މަސްކޭހާއި، ކިރުގެ ބާވަތްތަކާއި ރޯދަމަހު ބަދިގެއަށް ބޭނުންވާ ހިފާގެންގުޅޭ ސާމާނާއި ތަށި، ތެއްޔާއި މިނޫންވެސް އެތައްބާވަތެއްގެ ސާމާނު ލިބެން ހުންނާނެކަމަށެވެ.
އަދި މާދަމާއިން ފެށިގެން ބިސް، ފިޔާ، އަދި އަލުވި ވެސް މިސޭލްއިން ލިބެންހުންނާނެ ކަމަށް އެމްއެންޑީއެފުން މައުލޫމާތުދެއެވެ. މިސޭލް ހުޅުވިފައި ހުންނާނީ ކޮންމެރެއެއްގެ 8:00 އިން 11:00 އަށް ބަނޑޭރިކޮށީގައި ހުންނަ ކާކީ ފެމެލީ މާޓްގައެވެ. ރޯދަ ސޭލްއަކީ ސިފައިންނާއި ސިފައިންގެ އާއިލާތަކަށް އަމާޒުކޮށްގެން ބާއްވާ ސޭލްއެއް ކަމުގައިވިއަސް ޑިފެންސް މިނިސްޓްރީގެދަށުން މަސައްކަތްކުރައްވާ އާންމު މުވައްޒަފުންނާއި ޝަރަފުވެރިކަމާއިއެކު ސިފައިންގެ ހިދުމަތުން ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށްވެސް މިސޭލް އިން ބާޒާރުކުރެވޭނެކަމަށް އެމްއެންޑީއެފް އިން މައުލޫމާތުދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ