ވެންގާރ އަށް އަމާޒުވި ފާޑުކިޔުންތަކަށް އާޓެޓާ ރައްދު ދީފި

ޕްރިމިއާރ ލީގުގައި އާސެނަލް އެންމެ ފަހުން ކުޅުނު މެޗުން އެސްޓަންވިލާ އަތުން މޮޅުނުވެ އެއްވަރުވުމުން ކޯޗް ވެންގާރއަށް ސަޕޯރޓަރުންގެ ފަރާތުން އަމާޒުވި ފާޑުކިޔުންތަކަށް އާސެނަލުގެ މެދުތެރެއަށް ކުޅޭ މިކެލް އާޓެޓާ ރައްދުދީފިއެވެ.
އާސެނަލްގެ މިޑްފީލްޑާރ މިކެލް އާޓެޓާ މީޑިއާ އާ ވާހަކަ ދައްކަމުން ބުނީ ސަޕޯޓަރުންނަށް އެމީހުންގެ ޝުއޫރުތައް ފާޅުކުރުމުގެ ހައްގު ލިބިގެންވާކަމަށާއި އެމީހުން ބުނަން ބޭނުންވާ ކޮންމެ އެއްޗެއް ބުނެވޭނެކަމަށެވެ. އަދި ސަޕޯޓަރުންގެ ޝުއޫރުތަކަށް އިހުތިރާމް ކުރާކަމަށްވެސް އާޓެޓާ ވަނީ ބުނެފައެވެ.
ކޯޗް އާރސެން ވެންގާރ އާއި ބެހޭގޮތުން ވާހަކަދައްކަމުން އާޓެޓާ ބުނެފައިވަނީ ވެންގާރ އަކީ ތަޖުރިބާކާރު ކޯޗެއް ކަމަށާއި ކްލަބާ އެކީ 15 އަހަރު ހޭދަކޮށްފައިވާ އިރު އޭނާއަށްވުރެ ބޮޑަށް ކްލަބުގެ ކުޅުންތެރިން އެނގޭނެ ދެވަނަ ފަރާތެއް ނުހުންނާނެކަމަށެވެ.
" ޓީމަށް ގެންނަ ކޮންމެ ބަދަލެއްވެސް ވެންގާރ ގެންނަނީ އެބަދަލަކީ ކޮންކަހަލަ ބަދަލެއްކަމާއި އޭގެ ނަތީޖާ އެނގޭ ހާލުގައި. ވެންގާރ އެފަދަ ބަދަލެއް އެންމެ ފަހަރަކު ގެނެސްފިނަމަ އެއީ ކުށަކަށް ވެދާނެ. ނަމަވެސް އެފަދަ ބަދަލެއް އެއްފަހަރަށް ވުރެ ގިނައިން ގެނެސްފިނަމަ އެކަމުގައި ސަބަބެއް ވާނެ. އެކަން އެންމެ ބޮޑަށް އެނގޭނެ ފަރާތަކީ ވެންގާރ،" ި،" ވެންގާ ދިފާއުގައި ވާހަކަ ދައްކަމުން އާޓެޓާ ބުންޏެވެ.
ވެންގާރއަށް ސަޕޯރޓަރުންގެ ފާޑު ކިޔުންތަކާ އަމާޒުވެފައިވަނީ އެންމެ ފަހުން ކުޅުނު މެޗުގައި ސްޓްރައިކާރ އޮލިވިއާރ ޖިރޫޑްގެ ބަދަލުގައި ފްރެންސިސް ކޮކުއެލިން ކުޅެން ނެރުމާ ގުޅިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ