އިދިކޮޅު ރިޔާސީ ކެންޑިޑޭޓް މިއަދު އައްޑުއަށް ވަޑައިގަންނަވަނީ

ގުޅިފައިފައިވާ ޕާޓީތަކުގެ ރިޔާސީ ކެންޑިޑޭޓް އިބްރާހީމް މުހައްމަދު ސާލިހު (އިބޫ) މިއަދު އައްޑުއަށް ވަޑައިގަންނަވާނެ ކަމަށް އެމްޑީޕީން ބުނެފިއެވެ.
އިބޫ އައްޑުއަށް މިއަދު ކުރައްވާ ދަތުރުފުޅުގައި ގަމަށް ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ ހަވީރު 4:25 ގައި ކަމަށް އެމްޑީޕީ އިސްބޭފުޅަކު ވިދާޅުވިއެވެ. އެމަނިކުފާނަށް މަރުހަބާ ދެންނެވުމުން އެމްޑީޕީއާއި އިދިކޮޅު ޕާޓީތަކަށް ތާއިދު ކުރާ މީހުން ގެންދަނީ ތައްޔާރުވަމުންނެވެ.
މިދަތުރުފުޅުގައި ކެންޕޭނާ ގުޅޭ ތަފާތު ހަރަކާތްތައް ކުރިއަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައެވެ. މި ދަތުރުފުޅުގައި އެމްޑީޕީގެ އިތުރަށް ގުޅިފައިވާ ޕާޓީތަކުގެ އިސްބޭފުޅުން ބައިވެރިވެ ވަޑައިގަންނަވައެވެ.
އެމަނިކުފާނުގެ ދަތުރުފުޅު ނިންމަވައި ލެއްވުމަށްފަހު މާލެ ވަޑައިގެންނެވުމަށް ހަމަޖެހިފައިވަނީ އާދީއްތަ ދުވަހުއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ