ހިޔާ ފުލެޓްތަކަށް ގުރުއަތުލުމުގެ ދެވަނަބުރު އާދިއްތަދުވަހު ފަށަނީ

ހިޔާ ފްލެޓްތަކުގެ ޤުރުއަތުލުމުގެ ދެވަނަބުރު އަންނަ އާދީއްތަދުވަހު ފަށާނެކަމަށް ހައުސިންގ ޑިވެލޮޕްމަންޓް ކޯޕަރޭޝަނުން ބުނެފިއެވެ.
ގުރުއަތުލުމުގެ ފުރަތަމަބުރު ފަށާފައިވަނީ މިމަހުގެ 8 ވަނަ ދުވަހުއެވެ.
އެދުވަހު ވަނީ އެޗް-10 ނުވަތަ ހާއްސަ އެހީއަށް ބޭނުންވާ މީހުންގެ ކެޓަގަރީން ފްލެޓް ލިބުނު 188 ފަރާތަކުގެ މެދުގައި ގުރުއަތުލުން ބާއްވާފައެވެ.
އެޗްޑީސީން ބުނީ، ހިޔާ މަޝްރޫއުގެ ދަށުން ހުޅުމާލެ ފޭސް 2 ގައި އިމާރާތް ކޮށްފައިވާ 6720 ފުލެޓް ލިބިފައިވާ ފަރާތްތަކަށް، ލިބެނީ ކޮން ފުލެޓެއްކަން ކަނޑައެޅުމަށްޓަކައި ފުލެޓް ލިބުނު ފަރާތްތަކުގެ މެދުގައި ގުރުއަތުނަގައި، އެފަރާތްތަކަށް ލިބޭ ފުލެޓް ކަނޑައެޅުމުގެ މަސައްކަތް ކުރިޔަށް ގެންދިއުމަށް ސަރުކާރުން އެމިކޯޕަރޭޝަނާއި ހަވާލުކޮށްފައިވާ ކަމަށެވެ.
އެހެންކަމުން ހިޔާ ފުލެޓްގެ ގުރުޢަތުގެ ދެވަނަ ބުރު އާދިއްތަދުވަހު ފެށުމަށް ވަނީ ހަމަޖެހިފައެވެ.
އާދިއްތަ ދުވަހު ގުރުއަތުނެގުމަށް ނިންމާފައިވާ ކެޓަގަރީތައް:
މީގެ އިތުރުން، ވެށިފަހި މާލެ ޕްރޮގްރާމްގެ ދަށުން އަރަބިއްޔާ އަދި ގާކޮށިން ފުލެޓުލިބި، ފުލެޓަށް ފައިސާ ނުދެއްކިގެން ފުލެޓު ލިބިފައިނުވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލެޓު ޚިޔާރުކޮށްފައިވާ ފަރާތްތަކާއި، ގުޅީފަޅުން ފުލެޓް ގަނެފައިވާ ފަރާތްތަކުގެ ތެރެއިން ހިޔާ ފުލުޓް ޚިޔާރުކޮށްފައިވާ ފަރާތްތަކުގެ ގުރުއަތުވެސް މިބުރުގައި ކުރިއަށް ގެންދެވޭނެ ކަމަށް އެޗްޑީސީން ބުނެއެވެ.
މި ކެޓަގަރީތަކަށް ގުރުއަތުނަގާނީ އާދިއްތަ ދުވަހުން ފެށިގެން ސަރުކާރު ބަންދުނޫން ކޮންމެ ދުވަހެއްގައި ދެ ދަންފަޅިއަކަށް ބަހާލައިގެންކަމަށް އެޗްޑީސީން ބުނެއެވެ.
އެހެންކަމުން ފުރަތަމަ ދަންފަޅި ހެނދުނު 9:00 އިން ފެށިގެން މެންދުރު 12:00 އަށް އަދި ދެވަނަ ދަންފަޅި މެންދުރުފަހު 13:00 އިން ފެށިގެން ހަވީރު 15:00 އަށެވެ.
ގުރުއަތުނަގާނީ، ފްލެޓް ލިބިފައިވާކަމަށް ސަރުކާރުން ކަނޑައަޅާ އެޗްޑީސީއާ ހިއްސާކޮށްފައިވާ ލިސްޓުގައި ހިމެނޭ ފަރާތްތަކުގެ އައިޑީކާޑު ނަމްބަރު ތަރުތީބުންކަމަށް އެ ކޯޕަރޭޝަނުން ބުނެއެވެ. އަދި ކޮންމެ ދުވަހަކުވެސް ގުރުއަތުންނަގާނީ ކަނޑައެޅިފައިވާ ވަކި އަދަދެއްގެ ފަރާތްތަކުގެ މެދުގައި ކަމަށެވެ.
ކޮންމެ ދުވަހެއްގެވެސް ގުރުއަތުންނަގާ ފަރާތްތަކުގެ މައުލޫމާތު ގުރުއަތު ނަގާ ދުވަހުގެ އެއްދުވަސް ކުރިން އާންމު ކުރެވޭނެ ކަމަށާއި، ގުރުއަތު ނަގާނީ، ދައުލަތުގެ މީޑިއާ ޕީއެސްއެމްއިން ލައިވް ކޮށް ދައްކަމުން ކަމަށްވެސް އެ ކޯޕަރޭޝަނުން ބުނެއެވެ.
މިދުވަސްވަރަކީ ކޮވިޑްގެ ދުވަސްވަރު ކަމަށްވާތީ ހެލްތް ޕްރޮޓެކްޝަން އެޖެންސީގެ ގައިޑްލައިން އާއި އެއްގޮތްވާ ގޮތުގެމަތިން ގުރުއަތު ނަގާ ހޯލަށް ދައުވަތުދީގެން ކަމަށްވެސް އެޗްޑީސީން ބުނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ