އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަކުރީ ލިބުނު މައުލޫމާތަކާ ގުޅިގެން: އެމްއެންޑީއެފް

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސް (އެމްއެންޑީއެފް) އިން ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓްގެ ސެކިއުރިޓީ ވަރުގަކޮށްފިއެވެ.
އެމްއެންޑީއެފްގެ މިޑިއާ އޮފިޝަލް މޭޖަރ އިބްރާހިމް ޢާޒިމް ވިދާޅުވީ ރެއިން ފެށިގެން ވީއައިއޭގައި ހާއްސަ އޮޕަރޭޝަނެއް ހިންގަން ފެށީ ލިބުނު މައުލޫމާތަކާ ގުޅިގެން ކަމަށެވެ. އެހެން ނަމަވެސް ލިބިފައިވަނީ ކޮން ކަހަލަ މައުލޫމާތެއްކަން ޢާޒިމް ހާމަކޮށްފައެއް ނުވެއެވެ.
ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ވީއައިއޭގައި ސެކިއުރިޓީ ވަރުގަދަކޮށްފައި ވަނީ ކުރިއަށް އޮތް 48 ގަޑިއިރުގެ ތެރޭގައި އެއާޕޯޓުގައި ބޮމުގެ ހަމަލާއެއް ދޭން އުޅޭ ކަމުގެ އިންޓަލިޖެންސް މައުލޫމާތު ލިބިގެންނެވެ.
ހަތިޔާރާއެކު ގިނަ އަދަދެއްގެ ސިފައިން އެއާޕޯޓުގެ އެކި ހިސާބުތަކުގައި ހަރަކާތްތެރިވަމުންދާއިރު، އެެއާޕޯޓަށް ވަދެ ނުކުންނަ ހުރިހާ ވެހިކަލެއް ވެސް ސިފައިން ދަނީ ބަލައި ފާސް ކުރަމުންނެވެ.
އެއާޕޯޓުގެ ސެކިއުރިޓީ ވަރުގަދަކޮށްފައި މިވަނީ، މިމަހުގެ ވަނަ ދުވަހުގެރޭ ކުރީގެ ރައީސް އަދި ރައްޔިތުންގެ މަޖިލިހުގެ ރައީސް، ރައީސް މުހައްމަދު ނަޝީދަށް އަމާޒުކޮށް ޓެރަރިސްޓް ހަމަލާއެއްދީ، އެމަނިކުފާނު ޒަހަމްކޮށްލާފައި ވަނިކޮށެވެ.
މި ހަމަލާއާ ގުޅިގެން ސިފައިންނާއި ފުލުހުން އަންނަނީ މުޅި ރާއްޖޭގެ ސަލާމަތީ ކަންކަން ވަރުގަދަކުރުމަށް ހާއްސަ އޮޕަރޭޝަނެއް ހިންގަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ