ބްރޯޑްކޮމްއަށް ފަޒީން

މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަންގެ މެމްބަރުކަމަށް މުޙައްމަދު ފަޒީން އައްޔަންކުރަން ރައްޔިތުންގެ މަޖިލީހުން ފާސްކޮށްފިއެވެ.
ރާއްޖެ ޓީވީގެ ނޫސްވެރިޔާ ފަޒީން އައްޔަންކުރަން ފާސްވީ މަޖިލީހުގެ މިއަދުގެ ޖަލްސާގައި ވޯޓުގައި ބައިވެރިވި 55 މެންބަރުންގެ އިއްތިފާގުންނެވެ. ބްރޯޑްކޮމްގެ ހުސްވެފައިވާ މެމްބަރުކަމަށް އައްޔަންކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ވަނީ 11 ނަމެއް ރައްޔިތުންގެ މަޖިލީހަށް ފޮނުއްވާފައެވެ.
މަޖިލީހުގެ މިނިވަން މުއައްސަސާތަކާއި ބެހޭ ކޮމިޓީން ދިރާސާކުރެއްވުމަށްފަހު މަޖިލީހުގެ ތަޅުމަށް ފޮނުވާފައިވަނީ ދެ ނަމެކެވެ. އެއީ ރާއްޖެޓީވީގެ ނޫސްވެރިޔާ މުހައްމަދު ފަޒީންގެ ނަމާއި ވީޓީވީގައި ކުރިން މަސައްކަތް ކުރައްވާފައިވާ ނޫސްވެރިޔާ އަދި ޕްރެޒެންޓަރ ޝިފްޒާ މުސްޠަފާގެ ނަމެވެ.
ފަޒީން އައްޔަންކުރުމާއެކު ބްރޯޑްކޮމްގެ 7 މެންބަރުން ހަމަވީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ