ނޫމަރާ ފަރަށް އުރުނު ބާޖުގައި ތިބި މީހުން ހާލުގައި ޖެހުމުން އެހީތެރިވީ އެރަށު ރައްޔިތުން!

ށ. ނޫމަރާ ބަނދަރު މަރާމާތަށް ހިލަ ހިފައިގެން އެރަށަށް ދަތުރުކުރި ބާޖުގައި ތިބި މީހުން ހާލުގައި ޖެހުމުން އެ ރަށު ރައްޔިތުން ނުކުމެ އެހީތެރިކަން ފޯރުކޮށްދީފިއެވެ.
ހިލަ ހިފައިގެން އައި ބާޖު ފަރަށް އުރުނުތާ ތިންމަސްވެފައިވާއިރު އެ ބާޖުގައި ތިބި މީހުންނަށް ނޫމަރާ ރައްޔިތުން އެހީތެރިކަން ފޯރުކޮށްދިނީ އެމީހުން އަތުން ފައިސާއާއި ކާބޯތަކެތި ހުސްވުމުގެ ސަބަބުންނެވެ. ނޫމަރާ ރައްޔިތުން ނުކުމެ ފެނާއި ކާބޯތަކެތި މިއަދުވަނީ އެ ފަރާތްތަކަށް ހަދިޔާ ކޮށްފައެވެ.
” އެމީހުން މިރަށުގަ ތިބޭތާ ތިން މަސްވީ. ފައިސާއާ ކާބޯތަކެތި ހުސްވި އިރު އެމީހުން މަސައްކަތް ކުރާ ކުންފުނި ވަނީ އުވާލަން ނިންމާފަ. ނަމަވެސް އެމީހުނަށް އަނބުރާ ދެވޭނެ ގޮތެއް ނެތް. ބާޖް ނެގޭނެ ގޮތެއްވެސް ނެތް. މިކަމުގަ ކަމާބެހޭ އިދާރާތަކުން އަޅާލުން ކުޑަކަން ފާހަގަކުރެވޭ.” މިކަމާ ގުޅޭގޮތުން ނޫމަރާއިން ވާހަކަ ދެއްކި މީހަކު ބުންޏެވެ.
އާބާދީގައި 400 އެއްހާ މީހުން ދިރިއުޅޭ ނޫމަރާއަކީ ލަފާފުރުމުގެ މައްސަލަ އިންތިހާއަށް ކުރިމަތިވެފައިވާ ރަށެކެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ