ތިމަރަފުށީ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި

ތ. ތިމަރަފުށީ ގެއަކުން ގިނަ އަދަދެއްގެ ފައިސާ ވަގަށް ނަގައިފި އެވެ.
ފުލުހުން ބުނީ ރޭ 19:40 ހާއިރު ތިމަރަފުށީ ގެއަކުން ވައްކަން ކޮށްގެން ފުލުހުންނަށް މައްސަލައެއް ހުށައަޅާފައިވާ ކަމަށެވެ. އެ މައްސަލައިގައި 2900 ރުފިޔާ އާއި އެކި ގައުމުތަކުގެ ގިނަ އަދަދެއްގެ ފައިސާ އާއި ސްމާޓް ފޯނެއް ވަގަށް ނަގާފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން ބުނީ އެ މައްސަލަ ހުށަހެޅިތާ ގަޑިއެއްގެ އިރު ތެރޭގައި ތުހުމަތު ކުރެވޭ އުމުރުން 24 އަހަރުގެ ދިވެހި ފިރިހެނެއް ހައްޔަރުކޮށް، ވަގަށް ނަގާފައިވާ ފައިސާތައް ހޯދާފައިވާ ކަމަށެވެ.
އެ މައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ