މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި އަދި ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރާނެ

މާލެ ސަރަހައްދުގެ 25 މިސްކިތެއްގައި އަދި ހަތަރު ތަނެއްގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުމުގެ އިންތިޒާމު ހަމަޖައްސާފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފި އެވެ.
މިނިސްޓްރީން ބުނީ އަންނަ ބުދަ ދުވަހު ފާހަގަކުރާ އަޟްހާ އީދުގައި ބޮޑު ޖަމާއަތުގައި އީދު ނަމާދުކުރުން އޮންނާނީ މާލޭގެ މާފަންނު ސްޓޭޑިއަމް ސަރަހައްދާއި ވިލިމާލޭ ފުޓްބޯޅަދަނޑު އަދި ހުޅުމާލޭގެ ފޭސް 1ގެ ސިންތެޓިކް ޓެރެކްގެ އިތުރުން ހުޅުމާލެ ފޭސް 2ގެ މަސްޖިދު ހަސަން އާދަމް އާ ނިރޮޅުމަގާ ހީނާމާހިނގުމާ ފޭރުގަސްމަގާ ދުބުރިގަސް މަގާ އެއް އިންކޮށް އޮންނަ ހުސްބިމުގައި ކަމަށެވެ.
މޫސުން ތަން ނުދިނުމުގެ ސަބަބުން ބޮޑު ޖަމާއަތުގެ އީދު ނަމާދު މާލެ ސަރަހައްދުގައި ކެންސަލް ކުރަން ޖެހިއްޖެ ނަމަ، ހުކުރުކުރާ ހުރިހާ މިސްކިތެއްގައި އީދު ނަމާދުކުރާނެ ކަމަށް މިނިސްޓްރީން ބުންޏެވެ.
ކޮންމެ އަހަރަކު ވެސް ހުރިހާ މައިދާންތަކާއި މިސްކިތްތަކުގައި ވެސް އަންހެނުންނަށް ވަކިން ޖާގަ، އިސްލާމިކް މިނިސްޓްރީން ހަމަޖައްސަ އެވެ.
ރާއްޖޭގައި އީދު ނަމާދުކުރާ ގަޑި މިހާރު ވަނީ އަވަސްކޮށްފަ އެވެ. ކުރިން 7:30 ގައި ފަށާ ނަމާދު މިހާރު ކުރަނީ 7:00ގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ