މުލަކު ގެއެއްގެ ބިމު އަޑިން ދުން އަރާތީ ފުލުހުން ހަރަކާތްތެރިވަނީ

މ. މުލަކު ގެއެއްގެ ބިމުގެ އަޑިން ދުންއަރާތީ ފުލުހުން އެތަނުގައި ހަރަކާތްތެރިވާން ފަށައިފި އެވެ. ފުލުހުންގެ މީޑިއާ އޮފިޝަލް ސަންއަށް ވިދާޅުވީ، މިއަދު މެންދުރުފަހު 2:30 ހާއިރު އެ މައުލޫމާރު ލިބުމާ އެކު ފުލުހުން އެތަނުގައި ހަރަކާތްތެރިވަމުން އަންނަ ކަމަށެވެ. މ. މުލަކު ސޯސަންގޭ މައިދޮރުގެ ކަނާތްފަރާތު ދޮރު ކަނީގެ ކައިރިން ދުންއަރާތީ އެ ގެ ހިމެނޭ ސަރަހައްދު ފުލުހުން ކޯޑޮން ކޮށްފައި -- ސަން ފޮޓޯ: ކިޔުންތެރިއެއް މީޑިއާ އޮފިޝަލް ވިދާޅުވީ، އެގޭގެ ބިންގަނޑު ކޮނެގެން ބެލިއިރު، ވެލިގަނޑު ވެސް ހޫނު ކަމަށެވެ. އަދި އަޑީގައި ހުރި ފެން ވެސް ހޫނު ކަމަށް އޮފިޝަލް ވިދާޅުވި އެވެ. މ. މުލަކު ސޯސަންގޭ މައިދޮރުގެ ކަނާތްފަރާތު ދޮރު ކަނީގެ ކައިރިން ދުންއަރާތީ އެތަން ކޮންނަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް ފެނަކަ ކޯޕަރޭޝަނާ ގުޅިގެން އެއީ ކަރަންޓުގެ މައްސަލައެއްތޯ ޗެކްކުރި އިރު އެއީ ކަރަންޓުގެ މައްސަލައަކާ ގުޅިގެން ދިމާވި ކަމެއް ނޫންކަން ކަށަވަރުކުރެވިފައިވާ ކަމަށް ވެސް މީޑިއާ އޮފިޝަލް ވިދާޅުވި އެވެ. އެގެ ހިމެނޭ ސަރަހައްދު ކޯޑަން ކުރުމަށްފަހު ފުލުހުން މިހާރު އަންނަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ. މ. މުލަކު ސޯސަންގޭ މައިދޮރުގެ ކަނާތްފަރާތު ދޮރު ކަނީގެ ކައިރިން ދުންއަރާތީ އެތަން ކޮންނަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް މުލަކު ކައުންސިލްގެ މެންބަރު އިބްރާހީމް ލަޠީފް މިރޭ ސަންއަށް ވިދާޅުވީ، އެރަށު ބޮޑު މަގުގެ މެދެއްހާ ހިސާބުގައި ހުންނަ، ސޯސަންގޭ މައި ދޮރުގެ ކަނާތްފަރާތު ދޮރުކަނި ކައިރިން ބިންގަނޑުން ހޫނުގެ އިހްސާސް ކުރެވޭތާ ދެދުވަހެއް ވަރު ވެއްޖެ ކަމަށެވެ. "އަޅުގަނޑުމެންނަށް އެގޭ މީހުން ރިޕޯޓް ކުރުމުން، ކައުންސިލް މެންބަރުންނާއި އެގޭ މީހުން ގޮސް އެތަން ކޮނެ ބެލިއިރު ހަމަ ވަރަށް ބޮޑަށް ހޫނު އަދި ދުންއަރާ. އެހެންވެ އެއީ ކަރަންޓު މައްސަލައެއްތޯ ބެލީ ފެނަކައާ ގުޅައިގެން. އެކަމަކު އެތަން ކޮނެގެން ބެލިއިރު ކަރަންޓާ ގުޅޭ އެއްވެސް ކަމެއް އެތާކު ނެތް،" ލަތީފް ވިދާޅުވިއެވެ. މ. މުލަކު ސޯސަންގޭ މައިދޮރުގެ ކަނާތްފަރާތު ދޮރު ކަނީގެ ކައިރިން ދުންއަރާތީ އެތަން ކޮންނަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް އޭނާ ވިދާޅުވީ، ދޮޅުފޫޓެއްހާ ފުނަށް ކޮނެ ބެލިއިރުވެސް އެތަނުން ހަމަ ގަދައަށް ހޫނު ވާ ކަމަށާއި، މިހާރު ފުލުހުންގެ ބެލުމުގެ ދަށުން، ސިފައިންނާއި ޑިޒާސްޓަރ މެނޭޖްމަންޓުން ގޮތެއް އަންގަންދެން އެ ސަރަހައްދު ބަންދުކޮށްފައިވާ ކަމަށެވެ. މ. މުލަކު ސޯސަންގޭ މައިދޮރުގެ ކަނާތްފަރާތު ދޮރު ކަނީގެ ކައިރިން ދުންއަރާތީ އެތަން ކޮންނެ ނަގާފައިވާ ގާގަނޑެއް ދައްކާލަނީ -- ސަން ފޮޓޯ: ކިޔުންތެރިއެއް "އަޅުގަނޑުމެން މިހާރު މި ގެންދަނީ، އެގޭގެ މީހުން އެހެން ތަނަކަށް ބަދަލުކުރުމަށް މަސައްކަތްކުރަމުން. އާއިލާގެ ގެއަކަށް ނުވަތަ، ރަށުގެ ގެސްޓުހައުސްއެއް ފަދަ ތަނަކަށް،" އޭނާ ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ