ޔޫތު ހެކަތޯންގައި ބައިވެރިވާން ހުޅުވާލައިފި

މި އަހަރުގެ 'ޔޫތު ހެކަތޯން" ބާއްވަން ތައްޔާރުވެއްޖެ އެވެ.
ޔޫތު މިނިސްޓްރީން އިންތިޒާމުރާ މި ހަރަކާތް ކުރިއަށް ގެންދާނީ މި މަހު 11-13 އަށް މާލޭގެ ޔޫތު ހަބްގަ އެވެ.
އެހެންވެ ހެކަތޯންގައި ބައިވެރިވުމުގެ ފުރުސަތު އުމުރުން 18-35 އަހަރާ ދެމެދުގެ ޒުވާނުންނަށް ވަނީ ހުޅުވާލައިފަ އެވެ. ރަޖިސްޓްރީ ވާނީ މި ލިންކް t.co/rcxuuChZurމެދުވެރިކޮށެވެ.
ހެކަތޯންއަށް ހަތަރު މުހިންމު ތީމެއް ކަނޑައަޅާފައިވެ އެވެ. އެ ތީމްތަކަކީ "ޕްލޭ، މޫވް، ލިވް: ކުޅިވަރާއި، ހަށިގަނޑު ދުޅަހެޔޮކޮށް ބެހެއްޓުމާއި، ހަރަކާތްތެރި ދިރިއުޅުމުގެ އާދަތަކަށް އަމާޒުކޮށް" އާއި "ބެލެންސް، ކަނެކްޓް، ތްރައިވް: ނަފްސާނީ ދުޅަހެޔޮކަމާއި، މުޖުތަމަޢީ ގުޅުންތަކާއި، ނަފްސާނީ ހިފެހެއްޓުންތެރިކަމަށް އަމާޒުކޮށް" އާއި "ލޯންޗް، އާން، ތްރައިވް: ޒުވާނުންގެ ވިޔަފާރިތަކާއި، ގިގް އިކޮނޮމީގެ ފުރުސަތުތަކަށް އަމާޒުކޮށް" އަދި "އިމޭޖިން، އެކްސްޕްރެސް، އިންސްޕަޔާ: ފަންނާއި، ސަގާފަތާއި، ޑިޖިޓަލް އީޖާދީ ގާބިލިއްޔަތުތަކަށް އަމާޒުކޮށް" އެވެ.
ހެކަތޯންއިން އެއްވަނަ އަށް ހޮވޭ ޓީމަކަށް 100،000ރ. ލިބޭނެނ އެވެ. ދެވަނަ އަށް 75،000ރ. އަދި ތިން ވަނަ އަށް 50،000ރ. ލިބޭނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ