މިއަހަރު ވެސް ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލަކީ ރާއްޖެ

ފަތުރުވެރިކަމުގައި ދުނިޔޭގެ އެންމެ މަގުބޫލު މަންޒިލުގެ އެވޯޑު ޖެހިޖެހިގެން ހަ ވަނަ އަހަރު ރާއްޖޭން ހޯދައިފި އެވެ.
ވީ ކިހިނެއް؟ - އިއްޔެ ބަހުރެއިންގައި އޮތް 32 ވަނަ ވޯލްޑް ޓްރެވަލް އެވޯޑްސްގައި 'ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން'ގެ އެވޯޑު ރާއްޖޭން ދިފާއު ކުރި އިރު، 2020 ވަނަ އަހަރުން ފެށިގެން ރާއްޖޭން އަންނަނީ މި ޝަރަފު ދަމަހައްޓަމުންނެވެ.
ތަފްސީލް - 1993 އިން ފެށިގެން ދޭ ވޯލްޑް ޓްރެވަލް އެވޯޑްސްއަކީ ދުނިޔޭގެ ޓޫރިޒަމް ސިނާއަތުގައި ދޭ އެންމެ ޝަރަފުވެރި، މަޝްހޫރު އަދި އެންމެ އިތުބާރު ބޮޑު އެވޯޑެވެ. މިއީ ޓޫރިޒަމް ދާއިރާގެ 'އޮސްކާ' އެވެ.
މި އަހަރުގެ އެވޯޑްސްގައި ރާއްޖޭން ވަނީ ވޯލްޑްސް ލީޑިން ގްރީން ޑެސްޓިނޭޝަންގެ އެވޯޑު ވެސް ހޯދައިފަ އެވެ.
ވޯލްޑްސް ލީޑިން އެއާޕޯޓް ރިސޯޓުގެ އެވޯޑު ލިބުނީ ހުޅުލެ އައިލެންޑް ހޮޓެލްއަށް
ވޯލްޑްސް ލީޑިން ލަގްޒަރީ ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އެވޯޑު ލިބުނީ ވޮލްޑޯފް އެސްޓޯރިއާ މޯލްޑިވްސް އިތާފުށި ރިސޯޓަށް
ވޯލްޑްސް ލީޑިން ޕްރައިވެޓް އައިލެންޑް ރިސޯޓުގެ އެވޯޑު ލިބުނީ ވައްކަރު މޯލްޑިވްސްއަށް
ވޯލްޑްސް ލީޑިން ސީޕްލޭން އޮޕަރޭޓަރުގެ އެވޯޑު ލިބުނީ ޓްރާންސް މޯލްޑިވިއަން (ޓީއެމްއޭ)އަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ