މިތުންގެ ޅީދަރިފުޅު ޓީވީ ސިލްސިލާއަކުން

ކުރީގެ މަޝްހޫރު އެކްޓަރު މިތުން ޗަކްރަބަތީގެ ޅީ ދަރިފުޅު މަދަލްސާ ޝަރުމާ ޓީވީ ސިލްސިލާއަކުން ބެލުންތެރިންނާ ބައްދަލުކުރަން ތައްޔާރުވެއްޖެ އެވެ.
ފިލްމީ ޚަބަރުތައް ގެނެސްދޭ ނޫސްތަކުން ބުނި ގޮތުގައި މިތުންގެ ދޮށީ ދަރިފުޅު އަދި އެކްޓަރު މިމޯ ޗަކްރަބަތީ (މަހާކްޝޭ) ގެ އަންހެނުން ފެންނާނީ ސްޓާ ޕްލަސް އިން މިރޭ ދައްކަން ފަށާ ސިލްސިލާ "އަނޫޕަމާ" ގެ ރޯލަކުންނެވެ.
މަދަލްސާ އަށް އެ ސިލްސިލާ އިން ފުރުސަތު ލިބުނީ އޭނާ އަށް ދިން ކަވިއާގެ ކެރެކްޓާ ކުރިން ކުޅެން ލިބުނު ބަތަލާ އަދިތީ ގުޕްތާ ކޮވިޑް-19 އަށް ޕޮޒިޓިވްވުމާ ގުޅިގެން އޭނާއާ އެކު މަސައްކަތް ކުރިއަށް ގެންދެވެން ނެތުމުންނެވެ.
މީޑިއާތަކުން ބުނީ "އަނޫޕަމާ" ގައި މަދަލްސާ ފެންނަ ކަވިއާގެ ކެރެކްޓާ އަކީ ނެގަޓިވް ރޯލެއް ނަމަވެސް އެއީ ވާހަކައިގެ ވަރަށް ވަރުގަދަ ކެރެކްޓާއެއް ކަމަށެވެ. ޓީވީ ސިލްސިލާއަކަށް އެއްބަސްވި އިރު އޭނާ ވަނީ ކުރިން ބައެއް ފިލްމުތަކުގައި ވެސް މަސައްކަތްކޮށްފަ އެވެ. އޭގެ ތެރޭގައި ހިންދީ، ތެލެގޫ، ތަމަޅަ އަދި ކަންނާޑާ ފިލްމުތައް ވެސް ހިމެނެ އެވެ.
View this post on Instagram A post shared by Madalsa M Chakraborty (@madalsasharma) on Jun 16, 2020 at 12:33am PDT
މިތުންއާ އެކު މަދަލްސާ.މަދަލްސާ ކުޅުނު ހިންދީ ފިލްމުތަކުގެ ތެރޭގައި 2011 ގެ "އެންޖެލް" އާއި 2014 ގެ "ސަމްރާޓް އެންޑް ކޯ" ގެ އިތުރުން 2015 ގެ "ޕައިސާ ހޯ ޕައިސާ" ހިމެނެ އެވެ. މިމޯ އާއި މަދަލްސާ ކައިވެނިކުރީ 2018 ގަ އެވެ.
މަދަލްސާ ބުނިގޮތުގައި "އަނޫޕަމާ" އަށް އެއްބަސްވީ ފިރިމީހާ އާއި ބަފާބެ ދިން ހިތްވަރާ ހެދި އެވެ. އަދި ވަކިން ހާއްސަކޮށް ޓީވީ އުފެއްދުންތަކަށް އެއްބަސްވާން މިތުން ވަރަށް ހިތްވަރުދޭ ކަމަށް ބުންޏެވެ. ރަން ޒަމާނުގައި ކާމިޔާބު އެތައް ފިލްމެއް ކުޅެފައިވާ މިތުން އަކީ ފަހަކަށް އައި އިންޑިއާގެ ޓީވީ ޗެނެލްތަކުން ގެނެސްދޭ ޑާންސް ޝޯތަކުގެ ޖަޖެއްގެ ގޮތުގައި ފެންނަ ފަންނާނެކެވެ.
View this post on Instagram A post shared by Madalsa M Chakraborty (@madalsasharma) on Jul 27, 2019 at 10:03am PDT
މަދަލްސާ އާއި މިމޯ.ސްޓާ ޕްލަސް އިން މިރޭ ރާއްޖެ ގަޑިން 9:30 ގައި "އަނޫޕަމާ" ދައްކަން ފަށާ އިރު، މި ސިލްސިލާ އަކީ އެ ޗެނެލްގެ އެންމެ ކާމިޔާބު އެއް ސިލްސިލާ ކަމަށްވާ "ޔޭ ރިޝްތާ ކިޔާ ކެހެލާތާ ހޭ" އާއި އޭގެ ސްޕިން އޮފް "ޔޭ ރިޝްތޭ ހޭ ޕިޔާރު ކޭ" ގެ ޕްރޮޑިއުސަރު ރަޖަން ޝާހީ މުޅިން އަލަށް ގެނެސްދޭ ސިލްސިލާއެކެވެ.
އާއިލާއަށްޓަކައި ގުރުބާންވާ ގެވެހި އަންހެނެއްގެ ވާހަކަ ކިޔައިދޭ "އަނޫޕަމާ" ގެ ޓައިޓްލް ރޯލް ކުޅެފައި ވަނީ ކުރިން ވެސް ގިނަ ސިލްސިލާތަލެއް ކުޅެފައިވާ ރުޕާލީ ގަންގޫލީ އެވެ. އިތުރު ކާސްޓުންގެ ތެރޭގައި ސުދާންޝޫ ޕާންޑޭ އަދި ޕާރަސް ކަލްނަވަތުގެ އިތުރުން ބޮލީވުޑްގެ އެކްޓަރު އައްނޫ ކަޕޫރް ހިމެނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ