އަތޮޅުތަކުން މާލޭއަށް ލަފާ ފުރުމުގައި ބޭނުން ކުރާނެ ސަރަހައްދުތައް ކަނޑައަޅައިފި

އަތޮޅުތަކުން ވެރިރަށް މާލެއަށް ލަފާ ފުރުމުގައި ބޭނުންކުރާނެ ސަރަޙައްދުތައް މާލޭ ސިޓީ ކައުންސިލުން ކަނޑައަޅައިފިއެވެ.
ބުދަ ދުވަހު މާލޭ ސިޓީ ކައުންސިލުން ނެރުނު އިއުލާނެއްގައި ބުނީ، ހެލްތު ޕްރޮޓެކްޝަން އޭޖެންސީގެ ފަރާތުން ކޮވިޑް-19 އިން ރައްކާތެރިވުމަށް ޚާއްޞަ ފިޔަވަޅުތަކެއް އަޅާފައިވާތީ، މާލޭ ސިޓީއަށް އަތޮޅުތަކުން އުޅަނދުފަހަރު ލަފާ ފުރުމުގައި ބޭނުން ކުރާނެ ސަރަހައްދުތަކެއްގެ ގޮތުގައި ވަކި ސަރަޙައްދުތަކެއް ކަނޑައަޅާފައިވާ ކަމަށެވެ.
އެގޮތުން އަތޮޅުތަކުން މާލެ އަންނަ ދޯނިފަހަރު ލަފާ ފުރުމުގައި ބޭނުން ކުރާނީ މާލޭ ނޯތު ހާބަރާއި ޓީ-ޖެޓީ ސަރަޙައްދުކަމަށް ސިޓީ ކައުންސިލުން ނެރުނު އިއުލާނުގައި ބުނެފައިވެއެވެ. އަދި އަތޮޅުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރުތައް މާލޭ 01 ނަންބަރު ޖެޓީ (އެމްއެމްއޭ ކުރިމަތި ފަޅު) ބޭނުން ކުރުމަށް އަންގާފައިވެއެވެ.
އޭގެ އިތުރުން، އަތޮޅުތަކުން މާލެއަންނަ މަސްވެރިކަން ކުރާ އުޅަނދުފަހަރާއި އެހެނިހެން އުޅަނދުފަހަރު ހުޅުމާލޭ ބަނދަރު ލަފާ ފުރުމުގައި ބޭނުން ކުރުމާއި، އަތޮޅުތަކުން މާލެއަންނަ އުޅަނދުފަހަރު ލަފާފުރުމުގައި ތިލަފުށީ ބަނދަރު ވެސް ބޭނުން ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.
މާލޭ ސިޓީ ކައުންސިލުން ބުނީ، ރިސޯޓުތަކުން މާލެ އަންނަ އަދި މާލެއިން ފުރާ ސްޕީޑް ލޯންޗު ފަހަރު މާލޭ 05 ނަންބަރު ޖެޓީ އާއި 06 ނަންބަރު ޖެޓީ (ބޭންކް އޮފް މޯލްޑިވްސް ކުރިމަތި ފަޅު) ބޭނުން ކުރެވިދާނެ ކަމަށެވެ. އަދި މި ސަރަހައްދުތައް ނޫން އެހެން އެއްވެސް ސަރަހައްދަކުން މާލޭ ސިޓީއަށް އަތޮޅުތަކުން އަންނަ އުޅަނދު ފަހަރަށް ބޭނުން ނުކުރެވޭނެ ކަމަށް ވަނީ އަންގާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ