މަޖިލީހަކީ މަސް ކައްކާ ތަނެއް ނޫން، އަމަލުކުރަނީ ރަނގަޅަށް: ނަޝީދު

ރައްޔިތުންގެ މަޖިލީހަށް ލިބިދީފައިވާ ބާރުތަކުގެ ބޭރުން އަމަލުކުރާ ކަމަށް ކުރާ ތުހުމަތުތަކަށް މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއަދު ރައްދު ދެއްވައިފި އެވެ.
ރާއްޖޭގެ ކުޅިވަރު ގާނޫނާ އެއްގޮތަށް ސްޕޯޓްސް މިނިސްޓްރީން، އެފްއޭއެމްއާ ދޭތެރޭ ފިޔަވަޅު އަޅާފައިނުވާ ކަމަށް ބުނެ އެ އެސޯސިއޭޝަނާ ދޭތެރޭ ގާނޫނުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅައިދިނުމަށް އެދި، މަޖިލީހަށް މިއަދު ހުށަހެޅި މައްސަލަ އަށް ބަހުސް ކުރައްވަމުން މަރަދޫ ދާއިރާގެ އެމްޑީޕީގެ މެމްބަރު އިބްރާހިމް ޝަރީފް ވަނީ މަޖިލީހަށް ވަރަށް ބޮޑަށް ފާޑު ވިދާޅުވެފަ އެވެ. އޭނާ ވިދާޅުވީ އެ މައްސަލަ މަޖިލީހަށް ހުށަހަޅައިފައިވަނީ ގާނޫނާ ހިލާފަށް ކަމަށެވެ. ރައްޔިތުންގެ މަޖިލީހަކީ ތަހުގީގުކުރާ އިދާރާއަކަށް މިއަދު ބަދަލު ވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
"އިއްޒަތްތެރި ރައީސް މިތަން ވެއްޖެ މިހާރު ޝަރީއަތްކުރާ ތަނަކަށް. މިތަން ވެއްޖެ ހުކުމް ކުރާތަނަކަށް. އަދި މިތަން ވެއްޖެ އަޅުގަނޑުމެން ބަދަލު ހިފުމަށް ހުށަހަޅާ ތަނަކަށް،" ޝަރީފް ވިދާޅުވި އެވެ.
FAM ah fiyavalhu alhan Azim Majlis ah qaraareh hushahalhaifi!
Mihaaru
އެފްއޭއެމްއަށް ފިޔަވަޅު ނާޅާތީ ގަރާރެއް ހުށަހެޅުންޝަރީފް އެހެން ވިދާޅުވުމުން އޭނާގެ ވާހަކަ ހުއްޓުވައި މަޖިލީހުގެ ރައީސް ވިދާޅުވީ "މި މަސް ކައްކާ ތަނެއް ވެސް ނޫން. މިއީ އެހެން އިތުރު ކަމެއް ކުރާ ތަނެއް ވެސް ނޫން. މިއީ ދިވެހި ރާއްޖޭގެ ގާނޫނު ހަދާތަން،" ކަމަށެވެ.
"މިއީ ދިވެހިރާއްޖޭގައި ދިވެހި ސަރުކާރު ޖަވާބުދާރީ ކުރުވާތަން. ދިވެހި ދައުލަތުގެ އެހެން މުއައްސަސާތައް ވެސް ޖަވާބުދާރީ ކުރުވާ ތަން. ދިވެހި ރާއްޖޭގެ ގާނޫނު އަސާސީގައި ވަރަށް ސާފުކޮށް މިގޭގައި ކުރާ ކަންތައްތައް ބަޔާން ކޮށްފައިވާނެ. މިތަނަށް ހުށަހެޅޭ މައްސަލަތަކާއި މިތަނަށް ހުށަހެޅޭ ގަރާރުތަކަކީ މިތަނުގެ ގަވައިދުތަކާއި ގާނޫނުތަކާއި އެއްގޮތްވާ ގޮތުގެ މަތިން ހުށަހެޅޭ ތަކެތި ކަމުގައި ދަންނަވަން،" ރައްދު ދެއްވަމުން ނަޝީދު ވިދާޅުވި އެވެ.
"މި މަސް ކައްކާ ތަނެއް ވެސް ނޫން. މިއީ އެހެން އިތުރު ކަމެއް ކުރާ ތަނެއް ވެސް ނޫން. މިއީ ދިވެހި ރާއްޖޭގެ ގާނޫނު ހަދާތަން،"
މަޖިލީހާ ގުޅުން ނެތް ކަންކަމުގެ ތެރެއަށް މަޖިލީހުން ވަންނަ ކަމަށް ބުނެ އާންމުންގެ ފާޑު ކިޔުން ވެސް ވަނީ އަމާޒުވެފަ އެވެ. ހުޅުމާލޭގެ ފަޅުތެރޭގައި އަޅާފައި އޮތް ސަފާރީއެއްގައި އަންހެނަކަށް ޖިންސީގޯނާކުރި ކަމަށް ތުހުމަތު ކުރާ މައްސަލާގައި، އަނިޔާ ލިބުނު މީހާ ބޭނުން ނަމަ ރައްޔިތުންގެ މަޖިލީހުގެ ޖެންޑާ އެންޑް ހިއުމަން ރައިޓްސް ކޮމިޓީ އަށް އޭނާ ހާޒިރުކޮށް މައުލޫމާތު ސާފުކުރުމަށް އެ ކޮމިޓީން އިއްޔެ ނިންމުމުން ވެސް ގިނަ ބަޔަކު އަންނަނީ ފާޑު ކިޔަމުންނެވެ. ގާނޫނު ހަދާ މަޖިލީހުގެ އަމަލުތައް މިހާރު ހުރީ ތަހުގީގު އިދާރާއެއް ގޮތަށް ކަމަށް ފާޑު ކިޔާ މީހުން ބުނެ އެވެ.
އެނގިފައިވާ ގޮތުގައި ވިކްޓިމް ކޮމެޓީ އަށް ހާޒިރު ކުރުމާ ނަޝީދު ވެސް ދެކޮޅެވެ. އެނގިފައިވާ ގޮތުގައި އެމްޑީޕީގެ ޕީޖީ ގުރޫޕުގައި އެ މަނިކުފާނު ވަނީ އެކަމާ ދެކޮޅަށް ވާހަކަ ދައްކަވައިފަ އެވެ.
ކޮވިޑް-19 ފެތުރުން ކޮންްޓްރޯލްކުރަން އެޅި ފިޔަވަޅެއްގެ ގޮތުން ރާއްޖޭގެ ބޯޑަރު ބަންދުކުރުމަށް ފަހު، އަންނަ މަހުގެ 15 ގައި އަލުން ހުޅުވާއިރު، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު (ވީއައިއޭ) އެެކަމަށް ތައްޔާރުވެފައި އޮތް ވަރެއް ބައްލަވަން ރައްޔިތުންގެ މަޖިލީހުގެ ބައެެއް މެމްބަރުން އެއާޕޯޓަށް ވަޑައިގަތުމުން އެކަމަށް ވެސް ވަނީ ފާޑުކިޔުން އަމާޒުވެފަ އެވެ. ފާޑު ކިޔާ މީހުން ބުނަނީ ސަރުކާރު ހިންގުމުގެ ތެރެއަށް ވެސް މަޖިލީހުން ވަންނަން ފަށައިފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ