ގދ. ނަޑެއްލާ ވަށައިގެން މަގެއް ހެދުމަށް ގަވާއިދާއި ހިލާފަށް ރުށް ގަސް ކެނޑި މައްސަލައިގައި އެރަށު ކައުންސިލް 20،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި އެވެ.
ނަޑެއްލާ ކައުންސިލް ޖޫރިމަނާ ކުރީ އެންވަޔަރަންމެންޓް ޕްރޮޓެކްޝަން އޭޖެންސީ (އީޕީއޭ) ގެ ހުއްދައަކާއި ނުލައި ރުށް ގަސް ކެނޑި މައްސަލައިގަ އެވެ.
އީޕީއޭއިން މިއަދު ބުނީ އެ އޭޖެންސީން ބެލި ބެލުމުން ހުއްދަ ނެތި އެރަށުގެ ވަށައިގެން މަގެއް ހެދުމަށް، ރުށްގަސް ކެނޑުމާއި، އުފުރުމާއި، ކޮނެގެން ނަގާފައިވާކަން ފާހަގަކުރެވިފައިވާ ކަމަށެވެ.
މި ސަބަބަށްޓަކައި ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ޤާނޫނުގެ ދަށުން ހެދިފައިވާ ތިމާވެއްޓަށް އަސަރުފޯރާ މިންވަރު ބަޔާންކުރާ ރިޕޯޓު ހެދުމާބެހޭ ގަވާއިދުގެ 20 ވަނަ މާއްދާގެ (ހ) ގެ 10 ވަނަ ނަންބަރަށް ރިޢާޔަތްކޮށް ޖުމްލަ 20،000 ދިވެހި ރުފިޔާއިން އެކައުންސިލް ޖޫރިމަނާކޮށްފައިވާ ކަމަށް އެ އެޖެންސީން ބުނެފައި ވެއެވެ.
ޖޫރިމަނާ ފައިސާ ދައްކަން އީޕީއޭ އިން ދިން މުއްދަތަކީ ބަންދު ދުވަސްތައް ހިމަނައިގެން 30 (ތިރީސް) ދުވަހެވެ.
ނަޑެއްލާ ކައުންސިލް 20،000 ރުފިޔާއިން ޖޫރިމަނާ ކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ