ވެމްކޯގެ އިދާރީ ބޭނުމަށް ދިހަ ބުރީގެ އިމާރާތެއް އަޅަނީ

ވޭސްޓް މެނޭޖްމެންޓް ކޯޕަރޭޝަން (ވެމްކޯ)ގެ އިދާރީ މަސައްކަތްތައް ކުރުމަށް ބޭނުންކުރާނެ ދިހަ ބުރީގެ އިމާރާތެއް އަޅައިދޭނެ ފަރާތެއް ހޯދުމަށް އިއުލާނު ކޮށްފި އެވެ.
އެ ކޯޕަރޭޝަނުން ނެރުނު އިއުލާނެއްގައި ބުނެފައިވަނީ، މި ދިހަ ބުރީގެ އިމާރާތަކީ ކުނި މެނޭޖް ކުރުމުގެ އިދާރީ މަސައްކަތްތައް ކުރުމަށް އޮފީހެއްގެ ގޮތުގައި ބޭނުންކުރާނެ އިމާރާތެއްކަމަށެވެ.
ވެމްކޯ އިން ބުނީ، ދިހަ ބުރީގެ އިމާރާތުގެ ޑީޓެއިލްޑް ޑިޒައިން މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން އަންނަ މަހުގެ ދެ ވަނަ ދުވަހު ބީލަން ހުށަހަޅަން ޖެހޭނެ ކަމަށެވެ. ނަމަވެސް އެ އިމާރާތާ ގުޅޭ އެއްވެސް ތަފްސީލެއް ވެމްކޯ އިން އަދި ހާމައެއް ނުކުރެއެވެ.
މާލެ ސަރަހައްދުގައި ކުނި މެނޭޖް ކުރުމުގެ މަސައްކަތް ކުރަމުން އަންނަ ވެމްކޯ އިން ދަނީ އަންނަ މަހުން ފެށިގެން ވިލިމާލޭގައި ވެސް ހިދުމަތް ދިނުމަށް ތައްޔާރުވަމުންނެވެ. ވެމްކޯ އިން ކުނި އުކާލުމުގެ ހިދުމަތް ރަސްމީކޮށް ފެށީ އޮގަސްޓް މަހުގެ އެއް ވަނަ ދުވަހު އެވެ. އެ ކޯޕަރޭޝަނުން ދަނީ އައްޑޫ ސިޓީިގައިވެސް ކުނި މެނޭޖް ކުރުމުގެ ހިދުމަތް ދެމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ