104 ބާވަތެއްގެ ދޫނި ހިމާޔަތް ކޮށްފި

ރާއްޖޭގައި އުޅޭ 104 ބާވަތެއްގެ ދޫނި ހިމާޔަތް ކޮށްފިއެވެ.
އެންވަޔަރަމަންޓް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނީ ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމާބެހޭ ގާނޫނުން އެ މިނިސްޓްރީއަށް ލިބިދޭ ބާރުގެ ދަށުން މިއަދުން ފެށިގެން 104 ބާވަތެއްގެ ދޫންޏަކީ ހިމާޔަތް ކޮށްފައި ވާ ތަކެތި ކަމުގައި ހަމަޖައްސާފައި ވާ ކަމަށެވެ.
އެގޮތުން ހިމާޔަތް ކުރި ދޫނިތަކުގެ ތެރޭގައި ރާއްޖޭގައި އުޅޭ ތިން ބާވަތެއްގެ ކޮތަރު ބަކަމޫނު، ބޮނޑަނަ، ރާބޮނދި، ބާޒު، މާދޫނި، ކިރު ދޫނި އަދި ފިނދަނަ ހިމެނެއެވެ.
މިނިސްޓްރީން ބުނީ އެ ދޫނިތައް ހިމާޔަތްކުރީ ރާއްޖެއަކީ ދޫނި ހިޖުރަކުރާ ވަގުތީ މަންޒިލަކަށް ވާތީ، އެ ތަކެއްޗަކަށް ރައްކާތެރިކަން ދިނުމުގެ ގޮތުން ކަމަށެވެ.
ހިމާޔަތްކޮށްފައިވާ ދޫންޏަށް އަނިޔާކޮށް، ގެއްލުންދީ، އެ ތަކެތި އާންމުކޮށް އުޅޭ މާހައުލަށް ގެއްލުން ލިބޭ ފަދަ ކަންކަން ކުރުމަކީ މަނާ ކަމެކެވެ. އަދި ހިމާޔަތް ކޮށްފައިވާ ދޫންޏަކަށް ގެއްލުން ދީފި ނަމަ ނުވަތަ ގެންގުޅެފި ނަމަ އެމީހަކު ޖޫރިމަނާ ކުރެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ