ރައްޔިތުން މަޖިލިހުގެ ވަކި ފެކްޝަނަކުން ޤާނޫނު އަސާސީ ތަރިކަ މުދަލަކަށް ހަދިއިފި: މަލީހު

ރައްޔިތުންގެ މަޖިލިހުގެ ވަކި ފެކްޝަނަކުން ޤާނޫނު އަސާސީއަކީ ތަރިކަ މުދަލަކަށް ހަދާފައިވާ ކަމަށް މިނިސްޓާ އޮފް ކޮމިއުނިކޭޝަން ސައިންސް އެންޑް ޓެކްނޮލޮޖީ މުޙައްމަދު މަލީޙު ޖަމާލް ވިދާޅުވެއްޖެއެވެ.
މިނިސްޓަރު މަލީޙު މިފަދައިން ވިދާޅުވެފައިވަނީ އޭނާގެ އިތުބާރު ނެތްކަމުގެ ވޯޓެއް ނެގުމަށް މަޖިލިހަށް ހުށަހެޅުމާ ގުޅިގެން ކުރެއްވި ޓުވީޓެއްގައެވެ. އެ މައްސަލަ މަޖިލިހަށް ހުށަހަޅުއްވާފައިވަނީ މަޖިލިހުގެ މެޖޯރިޓީ ލީޑަރު އަދި އެމްޑީޕީ ޕާލިމަންޓަރީ ގުރޫޕުގެ ލީޑަރު ރައްޔިތުންގެ މަޖިލިހުގެ މެދު ހެންވެއިރު ދާއިރާ މެންބަރު ޢަލީ ޢާޒިމެވެ.
މަލީޙުގެ އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ އިންޓަނެޓުގެ އަގު ކުޑަކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދު އަދި މިހާތަނަށް ފުއްދާފައި ނުވެއެވެ. މަލީޙުގެ އިތުބާރު ނެތްކަމަށް ހުށަހަޅާފައިވާ މައްސަލައާ ގުޅިގެން މަލީޙު ކުރެއްވި ޓުވީޓުގައި ވިދާޅުވީ ރައްޔިޔުންގެ މަޖިލިހުގެ ވަކި ފެކްޝަނެއް ޚުދުމުޚުތާރު ވެފައިވާ ކަމަށެވެ.
އޭގެ އިތުރަށް މަލީޙު ވިދާޅުވީ މަޖިލިހުގެ ޚުދުމުޚުތާރު ފެކްޝަނުން ޤާނޫނު އަސާސީ ތަރިކަ މުދަލަށް ހަދާފައިވާ ކަމަށެވެ. އަދި އޭނާގެ މައްޗަށް އިތުބާރު ނެތްކަމުގެ މައްސަލަ ހުށަހަޅާފައިވަނީ އަސާސެއް ނެތް ކަމެއްގައެވެ. އިތުރަށް ވިދާޅުވީ ދޮގު އިލްޒާމެއް އަޅުވައި ބޭއިންސާފު ދޭން އުޅެނީ އަދަބެއް ކަމަށެވެ. އެއީ ބޭޒާރުވާނެ ކަމެއް ކަމުގައެވެ.
އަދި އޭގެ އިތުރަށް މަލީޙު ވިދާޅުވީ ބޭއިންސާފުގެ މައްޗަށް އިންސާފު އަބަދުވެސް ކުރި ހޯދާނެ ކަމަށެވެ. އަދި ލިބޭ ބާރަކީ ފާޑެއްގެ އެއްޗެއް ކަމުގައިވެސް މަލީޙު ފާހަގަކުރެއްވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ