ރައީސް ޔާމީން މިނިވަންކުރުމަށް ގޮވާލާ އިދިކޮޅުން މިރޭ މަގުމައްޗަށް ނިކުންނަނީ

ކުރީގެ ރައީސް ޔާމީން މިނިވަން ކުރުމަށް ގޮވާލާ އިދިކޮޅު ފަރާތްތަކުން މިރޭ މަގުމައްޗަށް ނިކުންނާނެ ކަން ހާމަކޮށްފިއެވެ.
އެގޮތުން ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމު ޖަލުގެ ތޭރިތަކުގައި 500 ދުވަސް ހޭދަކޮށްފައިވާތީ އެމަނިކުފާނު މިނިވަން ކުރުމަށް ގޮވާލާ މިރޭ 21:45 ގައި މަގުމައްޗަށް ނިކުންނާނެ ކަމަށް އިދިކޮޅު ކޯލިޝަނުން ވަނީ ހާމަކޮށްފައެވެ.
އަދި މިރޭ މަގުމައްޗަށް ނިކުމެ މަޖީދީމަގުގައި ޝުއޫރު ފާޅު ކުރުމަށްފަހު އެނބުރި ޕީޕީއެމް އޮފީސް އަށް އަންނާނެ ކަމަށާއި ފުލުހުންވެސް އިދިކޮޅަށް ސުލްހަވެރިކަމާއެކު ހިނގާލުން ކުރިއަށް ގެންދިއުމަށް ފުރުސަތު ދިނުމަށް އިދިކޮޅު ކޯލިޝަނުން ވަނީ އެދިފައެވެ. މިރޭގެ އިހުތިޖާޖުގައި ގިނަ ބަޔަކު ބައިވެރިވާނެ ކަމަށް އިދިކޮޅުން ހާމަކޮށްފައިވާއިރު އެފަރާތްތަކަށް ހުރަސް ނޭޅުމަށް ވަނީ ތަކުރާރުކޮށް އެދިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ