ރޭޕް ކުރިކަމަށް ބުުނާ މައްސަލާގައި ތުހުމަތު ކުރާ ޓީޗަރު ސަސްޕެންޑް ކޮށްފި

ރ. މަޑުއްވަރީގައި ހުސްވި މާޗްމަހުގެ 3 ވަނަ ދުވަހު ރޭޕް ކުރިކަމަށް ބުުނާ އަންހެން ކުއްޖާގެ މައްސަލާގައި ބޮޑެތި ތުހުމަތުތަކެއް ކުރާ ޓީޗަރު ވަޒީފާއިން ސަސްޕެންޑް ކޮށްފި އެވެ.
ސަސްޕެންޑް ކޮށްފައި ވަނީ މަޑުއްވަރީއަށް ނިސްބަތްވާ އެ ރަށު ސްކޫލުގެ ޓީޗަރު މުއީން ހަސަނެވެ. މުއީން ހަސަން އަކީ މަތީ ގުރޭޑްތަކަށް ކިޔަވައިދޭ ޓީޗަރެކެވެ. ”ހަފްތާ“ އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި މުއީން ސަސްޕެންޑްކުރީ މިމަހުގެ 14 ވަނަ ދުވަހު އެވެ.
އެޑިޔުކޭޝަން މިނިސްޓްރީގެ ޕާމަނަންޓް ސެކްރެޓަރީ އަހްމަދު އަލީ އާއި ހަވާލާދީ ބައެއް ނޫސްތަކުގައި ލިޔެފައިވަނީ މަޑުއްވަރީ ސުކޫލުގެ މެނޭޖްމަންޓާއި ބެލެނިވެރިންގެ ފަރާތުން ގިނަ މައްސަލަތަކެއް މިނިސްޓްރީއަށް ހުށަހަޅާފައިވާ ކަމަށެވެ. އެކަމަކު އެއީ ކޮން ކަހަލަ ޝަކުވާ ތަކެއް ކަމާއިި ބަލަނީ ކޮން ކަހަލަ މައްސަލައެއް ކަމެއް ވެސް އޭނާ ވިދާޅުވެފައެއް ނުވެއެވެ.އެހެންނަމަވެސް މަޑުއްވަރީގެ މަތީގްރޭޑްތަކަށް ކިޔަވައިދެއްވާ ޓީޗަރަކު ސަސްޕެންޑްކޮށްފައިވާކަމަށް މުހައްމަދު އަލީއާއި ހަވާލާދީ ބައެއް ނޫސްތަކުގައި ލިޔެފައިވެއެވެ.
މަޑުއްވަރިގައި އަންހެން ކުއްޖަކު ރޭޕް ކުރި މައްސަލާއި ގުޅިގެން އެކަމުގައި ތުހުމަތުކުރެވޭ އެއްވެސް މީހަކު މިހާތަނަށް ހައްޔަރު ކޮށްފައި ނުވިނަމަވެސް މިކަން ކުރުމުގައި ފުލުހަކާއި މަޑުއްވަރީ ސްކޫލުގެ ޓީޗަރަކާއި އިތުރު މީހަކު ބައިވެރިވެފައިވާ ކަމަށް މަޑުއްވަރީ މީހުން ގެންދަނީ ތުހުމަތު ކުރަމުންނެވެ.
އަދި ރޭޕްމައްސަލައާއި ގުޅިގެން އިންސާފް ހޯދުމަށް އެ ރަށުގައި ވަނީ މުޒާހިރާތަށް ކުރިޔަށްގެންގޮސްފައެވެ. އަދި އެ މުޒަހަރާގެތެރެއިން ފުލުހުންނާ ކުރިމަތިލި ކަމަށް ބުނެ 10 މީހަކު ހައްޔަރުކޮށްފައިވާއިރު މަޑުއްވަރީ ރައްޔިތުންގެންދަނީ އެކުއްޖާއަށް އިންސާފް ލިބުން އަވަސްކުރުމަށް ވަނީ ގޮވާލަމުންނެވެ.
މަޑުއްވަރީގެ ރޭޕްއާ ގުޅިގެން މެންބަރު އާދަމް ޝަރީފް ވަނީ އެ މައްސަލަ ބަލައި ދިނުމަށް އެދި މަޖިލީހުގެ 241 ކޮމެޓީއަށް ވަނީ މައްސަލައެއް ހުށަހަޅާފަ އެވެ.
މަޑުއްވަރީ ސްކޫލުގެ ގުރޭޑް އަށެއްގައި ކިޔަވަމުން އައި އެ ކުއްޖާ ރޭޕް ކޮށްފައިވަނީ ސުކޫލް ކައިރީގައި ހިންގާ ގެސްޓް ހައުސްއަކަށް ގެންގޮސްގެން ކަމަށާއި ކުއްޖާ އެތަނަށް ގެންދިޔައީ ތުހުމަތުކުރެވޭ ޓީޗަރު ކަމަށް ވެސް މަޑުއްވަރީ ބައެއް މީހުން ވަނީ ބުނެފައެވެ.
މިކަމާއި ގުޅިގެން ފުލުހުންގެ ވަނީ ނޯތް ޕޮލިސް ޑިވިޝަން ހިމެނޭ ނ،ރ،ބ.ޅ ހިމެނޭ ރަށެއްގައި ހުސްވި މާޗްމަހުގެ 3 ވަނަ ދުވަހު 18 އަހަރު ނުފުރޭ ކުޑަ އަންހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރި މައްސަލައަކާއި ގުޅިގެން މިހާތަނަށް އެއްވެސް މީހަކު ހައްޔަރު ކޮށްފައި ނުވާކަމަށް ބުނެފައެވެ.
 
 
 
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ