މަގު ހުރަސްކުރި އަންހެނެއްގެ ގައިގާ ކާރަކުން ޖެހި ސީރިއަސް ހާލަތުގައި

މާލޭގެ ރިންގް ރޯޑުން ގިނަ އަދަދެއްގެ އެކްސިޑެންޓްތަކެއް ހިނގާފައިވާ ސެނެހިޔާ ހޮސްޕިޓަލާ ދިމާލުން މަގު ހުރަސްކުރި އަންހެނެއްގެ ގައިގާ ކާރަކުން ޖެހި ބޮޑެތި އަނިޔާތަކެއް ލިބި، އޭނާގެ ހާލު ސީރިއަސް ވެއްޖެ އެވެ.
އެކްސިޑެންޓްވީ ސެނެހިޔާއާ ދިމާލުން ރިންގް ރޯޑުގައި ހުންނަ ކަފިހި ހުރަހުން އޭނާ މަގު ހުރަސްކުރަން އުޅުމުގެ ތެރޭގައި ބާރު ސްޕީޑުގައި ދުއްވާފައި ދިޔަ ކާރަކުން ޖެހިގެން ކަމަށް ވެއެވެ. އަދި ކާރުން ޖެހި އެ މީހާ މަގުމައްޗަށް ވެއްޓުނު ވަގުތު އޭނާގެ ބޯ ޖެހުމުން ވަރަށް ބޮޑަށް ފަޅައިގެން ގޮސްފައިވާ ކަމަށް އެވަގުތު އެ ތަނުގައި ހުރި މީހަކު ބުންޏެވެ.
ތަފްސީލް އަންނަނީ...
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ