އާސަންދަ އަށް މަކަރު ހެދި ބައެއް ޑޮކްޓަރުންނަށް ހިދުމަތްދިނުން މަނާކޮށްފި

އާސަންދައިގެ ނިޒާމުން މީހުންނަށް އޮޅުވާލައިގެން ބޭނުން ނުކުރާ ހިދުމަތްތަކަށް ފައިސާ ނެގުމަށް ލިޔުންތައް ހަދައިދިން ބައެއް ޑޮކްޓަރުންނާއި ނުނަގާ ބޭހަށް ފައިސާ ކެނޑުންފަދަ ކަންކަންކޮށް މަކަރުހެދި ބޭސްފިހާތަކާމެދު ފިޔަވަޅު އަޅާފައިވާކަމަށް އެންސްޕާއިން ބުނެފި އެވެ.
އެންސްޕާގެ ޗެއާމަން ތޯރިގް އަލީ ލުތުފީ ބުރާސްފަތި ދުވަހު ނޫސްވެރިންނަށް ވިދާޅުވީ މަކަރުހަދައި އޮޅުވާލިކަން އެނގިފައިވާ ބޭސްފިހާރަތަކުގެ އިތުރުން ޑޮކްޓަރުންނަށްވެސް ހިދުމަތް ދިނުން މަނާކޮށްފައިވާކަމަށެވެ. މިގޮތުން ބައެއް ޑޮކްޓަރުން ބަލި މީހުން ބެލުން ހުއްޓުވާފައި ވާކަމަށާއި، މިގޮތަށް މަކަރު ހަދާފައިވާ ބޭސްފިހާރަތަށްވެސް ބަންދުކޮށްފައިވާކަމަށެވެ.
މިކަންކަން ބަލަމުން އަންނަ ކަމަށާއި ފޮނުވަންޖެހޭ މައްސަލަތަށް ކޯޓަށް ފޮނުވާނެކަމަށްވެސް ތޯރިގް ވިދާޅުވިއެވެ. ނަމަވެސް ފިޔަވަޅު އެޅީ ކިތައް ޑޮކްޓަރުންނާމެދުކަމެއް އަދި ކިތަށް ބޭސްފިހާރަ ބަންދުކޮށްފައިވާކަމެއްވެސް ތޯރިގް ވިދާޅެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ