ކުރީގެ ރައީސް ނަޝީދު ކުޅުދުއްފުށީގައި ސުލްހަވެރި ހިނގާލުމެއް ބާއްވައިފި

އަޙްމަދު ޝަރުވާން
ކުރީގެ ރައީސް މުހައްމަދު ނަޝީދު މިއަދު ކުޅުދުއްފުއްޓަށް ވަޑައިގެން އެރަށު ހިއްކިބިމުގައާއި އެރަށަށު ބޮޑުމަގުގައި ހިނގާލުމެއް ބާއްވައިފިއެވެ.
ރައީސް ނަޝީދު ކުޅުދުއްފުއްޓަށް ވަޑައިގެންނެވުމުން ރައީސް ނަޝީދާ އިދިކޮޅަށް ނިކުމެ ތިބި ބަޔަކާއި ނަޝީދުގެ ސަޕޯޓަރުންނާއި ދެމެދު ވަނީ ކުރިމަތިލުމެއް ހިނގާފައެވެ. އިދިކޮޅަށް ނިކުތް މީހުންވަނީ ތާއީދުކުރާ މީހުންނާ ދިމާލަށް ގާއުކާފައެވެ. ކުޅުދުއްފުށީ ހިއްކާފައިވާ ސަރަހައްދުގައި ހިންގެވުމަށްފަހު ރަށުތެރެއަށް ނިކުންނަވާ ނަޝީދުގެ ސަރުކާރުން ހަދަން ފަށާފައިވާ ބޮޑުމަގު ކޮޅާހަމައަށް ސުލްހަވެރި ހިނގާލުމެއް ބޭއްވިއެވެ. މިހިނގާލުމުގައި މިހާރުގެ ސަރުކާރާއި ދެކޮޅަށް އަޑު އުފުލާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ