އައްޑޫ ތެލެސީމިއާ ސޮސައިޓީ އިފުތިތާހު ކޮށްފި

އައްޑޫ ސިޓީގައި ތެލެސީމީޔާ އަށް ހާއްސަ ފަރުވާދީ ތެލަސީމިއާއަށް އާއްމުންގެ ހޭލުންތެރިކަން އިތުރުކުރުމަށް "އައްޑޫ ތެލެސީމިއާ ސޮސައިޓީ" ގެ ނަމުގައި ސޮސައިޓީއެއް ގާއިމްކޮށްފިއެވެ.
މި ސޮސައިޓީ އިފްތިތާހުކޮށްފައި ވަނީ ބުރާސްފަތި ދުވަހުގެރޭ މަރަދޫ ބޮޑަގޭގައި އެކަމަށްޓަކައި ބޭއްވި ހާއްސަ ޖަލްސާއެއްގައެވެ. މި ޖަލްސާ ޝަރަފްވެރިކޮށްދެއްވާފައި ވަނީ ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސްގެ ވައިސް ޗެއާޕާސަން ޖީހާން ސަލީމެވެ.
ތެލެސީމިއާ ސޮސައިޓީ އޮފް މޯލްޑިވްސް އާއި ނެޝަނަލް ތެލެސީމިއާ ސެންޓަރުގެ އެހީތެރިކަމާއެކު ވުޖޫދަށް ގެނެސްފައިވާ މި ސޮސައިޓީ އަކީ ތެލެސީމިއާ ބައްޔަށް އާއްމުން ހޭލުންތެރިކަން އިތުރުކުރުމަށް އުފެއްދި ސޮސައިޓީ އެކެވެ. އެގޮތުން އެ ސޮސައިޓީން ކުރަން ނިންމާފައިވާ މަސައްކަތްތައް ކުރުމަށް އައްޑޫ މެޑިސިޓީ ކްލިނިކާ ދެމެދު ވަނީ އެއްބަސްވުމެއްގައި ސޮއިކޮށްފައެވެ.
މި އެއްބަސްވުމުގެ ދަށުން ތެލެސީމިއާ ކުދިންގެ އެކިއެކި ޓެސްޓްތައް ރާއްޖެ އާއި ރާއްޖޭން ބޭރުން ހެދޭނެ އިންތިޒާމާއި ތެލަސީމިއާ ބައްޔަށް ހާއްސަ ޔުނިޓެއް އައްދޫ މެޑިސިޓީ ކްލިނިކުގައި ގާއިމުކުރުމާއި އެ ބަލީގެ ޑޮކްޓަރުންގެ އެހީތެރިކަން ފޯރުކޮށް ދިނުމަށް ވަނީ އެއްބަސްވެފައެވެ. އަދި އައްޑޫ މެޑިސިޓީގެ ހިދުމަތްތައް ފަސޭހަކަމާއި އަވަސްމިނުގައި ތެލެސީމިއާ ހުންނަ ފަރާތްތަކަށް ފޯރުކޮށްދިނުމާއި ލޭ އަޅަން ހިތަދޫ ރީޖަނަލް ހޮސްޕިޓަލް (އެޗްއާރްއެޗް) އަށް ކުރަން ޖެހޭ ދަތުރުތައް މެޑި ސިޓީން ހަމަޖައްސައި ދިނުމަސް ވަނީ އެއްބަސްވެފައެވެ.
މީގެ އިތުރަށް އައްޑޫ މެޑިސިޓީއިން ވަނީ ކުރިއަށްއޮތް ދުވަސްތަކުގެތެރޭގައި އެ ކްލިނިކުން ލޭ އެޅުމުގެ ހިދުމަތާއި، ލެބޯޓްރީގެ ހިދުމަތްވެސް ފޯރުކޮށްދިނުމަށް ނިންމާފައެވެ.
މީގެ އިތުރަށް މޯލްޑިވިއަން ތެލެސީމިއާ ސޮސައިޓީގެ ޓީމަކުން ވަނީ މިމަހުގެ 24 ވަނަ ދުވަހު އައްޑޫއަށް ގޮސް އާއްމުން ތެލެސީމިއާއަށް އަހުލުވެރިކުރުވުމުގެ ސެޝަންތަކެއް ކުރިއަށްގެންގޮސްފައެވެ. އެގޮތުން މި ސެޝަންތައް ވަނީ ސި ހިތަދޫ، މީދޫ، ހުޅުމީދޫ، ފޭދޫ އަދި މަރަދޫގައި ކުރިއަށްގެންގޮސްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ