ބްރޫޝިއާ ޑޯޓްމަންޑް ލީގުގައި ކުޅުނު ފުރަތަމަ މެޗުން ފަސޭހަ ކަމާއިއެކު މޮޅުވެއްޖެ

ބްރޫޝިއާ ޑޯޓްމަންޑް ބުންޑަސްލީގާ ގައި ކުޅުނު ފުރަތަމަ މެޗުން ފަސޭހަ ކަމާއިއެކު މޮޅުވެއްޖެއެވެ. ބްރޫޝިއާ ޑޯޓްމަންޑް އާއި ބްރޫޝިއާ މޮންޗެންގްލެޑްބަހް ކުޅުނު މި މެޗު ނިމިފައިވަނީ 3-0 ގެ ނަތީޖާ އަކުންނެވެ.
ބާމިންގްހަމް އިން ޑޯޓްމަންޑާއި ގުޅުން ބެލިންގްހަމް ބުންޑަސްލީގާ ގައި ޑޯޓްމަންޑަށް ކުޅުނު މިއީ ފުރަތަމަ މެޗެވެ. މި މެޗުގައި ބެލިންގްހަމް ވަނީ ރެއިނާ ކާމިޔާބު ކޮށްދިން ފުރަތަމަ ގޯލުގައި އެސިސްޓް ހަދައިފައެވެ. މި ދެ ކުޅުންތެރިންނަކީވެސް އުމުރުން 17 އަހަރުގެ ދެ ކުޅުންތެރިންނެވެ.
މެޗުގެ ދެވަނަ ގޯލު ލިބުނު ޕެނަލްޓީ އަކުން ކާމިޔާބު ކޮށްދިނީ ހާލާންޑްއެވެ. ވީ އޭ އާރް ބެލުމަށް ފަހު މި ޕެނަލްޓީ ދީފައިވަނީ ރެއިނާއަށް ކުރި ފައުލް އަކަށެވެ.
މެޗުގެ ތިންވަނަ ގޯލުވެސް ހާލާންޑް ކާމިޔާބު ކޮށްދިން އިރު މި ގޯލު ޖަހައިފައިވަނީ ސަންޗޯ ޖައްސާލި ބޯޅައަކުންނެވެ. މި ދެ ކުޅުންތެރިންނަކީ ވެސް އުމުރުން 20 އަހަރުގެ ދެ ކުޅުންތެރިންނެވެ.
ބެލިންގްހަމް ވަނީ ޑޯޓްމަންޑް އަށް ފުރަތަމަ ކުޅުނު މެޗުގައި (ޖާމަން ކަޕްގައި) ވެސް ގޯލެއް ޖަހައިފައެވެ.
Articl Inline Image
މި މެޗު ބެލުމަށް 10،000 ސަޕޯޓަރުންވަނީ ދަނޑަށް ވަދެފައެވެ. އަދި ޖާމަނީގައި ކުޅޭ އެހެން މެޗުތަކަށްވެސް މިހާރު އަންނަނީ މަޑު މަޑުން ސަޕޯޓަރުން ވައްދަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ