ކޮވިޑް-19: އިތުރު 64 މީހަކު ރަނގަޅު ވެއްޖެ

ރާއްޖެ އިން ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން އިތުރު 64 މީހަކު ބަލިން ރަނގަޅު ވެއްޖެއެވެ.
ރާއްޖެ އިން މިހާތަނަށް ކޮވިޑް-19 އަށް ފައްސި ވެފައިވަނީ 2468 މީހުންނެވެ. މީގެ ތެރެއިން މިހާރު ފަރުވާ ހޯދަމުންދަނީ 403 މީހުންނެވެ. ރާއްޖެއިން މި ބަލިން ރަނގަޅުވި މީހުންގެ އަދަދު ވަނީ 2113 އަށް އިތުރުވެފައެވެ.
ރާއްޖޭގައި ކޮވިޑް-19 އަށް ފައްސިވި މީހުންގެ ތެރެއިން އެ ބަލީގައި މިހާތަނަށް 12 މީހުން ވަނީ ނިޔާވެފައެވެ. އޭގެ ތެރޭގައި ހިމެނެނީ 6 ދިވެހިންނާއި 6 ބިދޭސީންނެވެ.
ކޮވިޑް-19 އާއި ގުޅިގެން މާލޭގައި އަޅާފައި އޮތް ހަރުކަށި ފިޔަވަޅުތަކަށް މިހާރު ލުއިތައް ދީފައި ވާއިރު ކޮވިޑް-19 އަށް މިހާރު ފައްސިވާ މީހުންގެ ތެރޭގައި ގުޅުން ނެތް "އިންޑިޕެންޑެންޓް ކޭސްތައް" ދަނީ އިތުރުވަމުން، ކަމަށާއި މިހެން ކަންތައް ވަމުން ދާނަމަ ބަލި ޖެހޭ މީހުންގެ އަދަދު އިތުރު ވެދާނެ ކަމަށް އައިޖީއެމްއެޗްގެ ޑޮކްޓަރ މުއާޒު މޫސާ މިރޭ ވަނީ ވިދާޅުވެފައެވެ. އޭނާ މިހެން ވިދާޅުވީ އެޗްއޯސީގެ ނޫސްވެރިންގެ ބައްދަލުވުމުގައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ