ގްރީސްގައި މުސާރަ އާއި ޕެންޝަންގެ ފައިސާ އުނިކޮށް، ޓެކްސް އިތުރުކުރުމާ ގުޅިގެން ވެރިރަށް އެތެންސް ގައި ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާކޮށްފި

14:30ގްރީސްއަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަ ހައްލުކުރުމަށްޓަކައި އެގައުމުގެ ރައްޔިތުންނަށް ލިބޭ މުސާރަ އާއި ޕެންޝަންގެ ފައިސާ އުނިކޮށް ޓެކްސް އިތުރުކުރުމާ ގުޅިގެން ވެރިރަށް އެތެންސް ގައި ގިނަ އަދަދެއްގެ ބަޔަކު މުޒާހަރާ ކޮށްފި އެވެ.އެގައުމުގައި ހަރަކާތްތެރިވާ އަލްޖަޒީރާގެ ނޫސްވެރިއެއް ކަމަށްވާ ބާނަބީ ފިލިޕްސް ބުނެފައިވަނީ އިއްޔެ ފެށި މިމުޒާހަރާގައި ހާހެއްހާ މީހުން ބައިވެރިވެފައިވާ ކަމަށާއި މުޒާހަރާތެރޭގައި ފުލުހުންނާއި އާންމުންގެ ދެމެދުގައި ކުރިމަތިލުންތަކެއް ހިނގާފައިވާ ކަމަށެވެ. އަދި މުޒާހަރާގައި ބައިވެރިވީ ބައެއް މީހުން އެގައުމުގެ ފިނޭންސް މިނިސްޓްރީގެ އިމާރާތަށް ގާއުކައި އެސަހަރުގެ ބައެއް ތަކެއްޗަށް ގެއްލުންދީ ހަދާފައިވާ ކަމަށް ވެސް އޭނާ ބުންޏެވެ.ނަމަވެސް ބާނަބީ އިތުރަށް ބުނެފައިވަނީ މިމުޒާހަރާގައި ބައިވެރިވީ ގިނަ މީހުން ބޭނުންވަނީ ސުލްހަވެރިކަމާއެކު އެއްބަސްވުމަކަށް ދާން ކަމަށާއި ހަމަނުޖެހުން ހިންގައިގެން ނަތީޖާ ނެރެން ބޭނުންވީ މަދު ބައެއް ކަމަށެވެ.ގްރީސް އަށް ކުރިމަތިވެފައިވާ ދަރަނީގެ މައްސަލަ ހައްލުކުރުމަށްޓަކައި އެގައުމުގެ ސަރުކާރުން ވަނީ ކުރިއަށް އޮތް ދެއަހަރުތެރޭ އެގައުމުގެ ބަޖެޓުން 26.64 ބިލިއަން ޑޮލަރު އުނިކުރުމަށް ނިންމާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ