ރެސިޑެންސް މޯލްޑިވްސް ދިގު ރަށް އަދި ފިލިތެޔޮ ރިސޯޓް ބަންދު ކޮށްފި!

ކޮރޯނާ ވައިރަސް ނުވަތަ ކޯވިޑް-19 އަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ހުރި މީހުންތަކެއް ފެނުމުން ރެސިޑެންސް މޯލްޑިވްސް ދިގު ރަށް އަދި ފިލިތެޔޮ ރިސޯޓު ބަންދު ކޮށްފިއެވެ.
ކޯވިޑް-19 އާއި ގުޅޭގޮތުން މައުލޫމާތު ދެއްވުމަށް މިރޭ ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަ ދައްކަވަމުން ސަރުކާރުގެ ތަރުޖަމާނު މަބްރޫކް އަބްދުލްއަޒީޒް ވިދާޅުވީ ރެސިޑެންސް އިން ކޮވިޑަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައިވަނީ ދެ ދިވެއްސެއްގެ ގައިން ކަމަށެވެ. އަދި ފިލިތެޔޮ ރިސޯޓުން ބައްޔަށް ޝައްކު ކުރެވޭ އަލާމާތްތަކެއް ފެނިފައިވަނީ ދިވެއްސަކާއި ބިދޭސީއެއްގެ ފަރާތުން ކަމަށެވެ.
މިމީހުންގެ ޓެސްޓުގެ ނަތީޖާ ލިބެންދެން މި ދެ ރިސޯޓުވެސް މިހާރު އޮތީ މޮނީޓަރިންގެ ހާލަތުގައި ކަމަށް ވެސް މަބްރޫކް ވިދާޅުވިއެވެ.
ރާއްޖެއިން ކޯވިޑް-19 އަށް ޕޮޒިޓިވްވި މީހުންގެ އަދަދު 16 އަށް އަރާފައިވާއިރު، މިހާރު ފަރުވާ ދެމުން އަންނަނީ ފަސް މީހަކަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ