ފުވައްމުލަކުގައި މަރާލާފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ މައްސަލައިގައި އިތުރު ބިދޭސީންތަކެއް ހައްޔަރުކޮށްފި

މީގެ ހަފުތާއެއް ކުރިން ޏ. ފުވައްމުލަކުގައި މަރާލާފައި އޮއްވާ ފެނުނު ބިދޭސީ މީހާގެ މައްސަލައިގައި އިތުރު ބިދޭސީން ހައްޔަރު ކޮށްފި އެވެ. ފުލުހުން ވެސް ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.
ދެއަތް ބަނދެ، އަނިޔާކޮށް، މަރާލައި ވަޅުގަނޑެއްގެ ތެރެއަށް އެއްލާލައިފަ އޮއްވާ ފެނުނު ބަންގުލަދޭޝްގެ ޝަރީފު،21، ގެ މަރުގެ ތަހުގީގާ ބެހޭ ގޮތުން ފުލުހުންގެ މީޑިއާ އޮފިޝަލު މިއަދު ވިދާޅުވީ ތަހުގީގު ގައި އެކި ދުވަސްދުވަހު އެކި މީހުން ހައްޔަރު ކޮށްފައިވާ ކަމަށެވެ. ނަމަވެސް ހައްޔަރު ކުރީ ކިތައް މީހުން ކަމެއް އޮފިޝަލު ވިދާޅުވި އެވެ.
މި މައްސަލަ އާ ގުޅިގެން އެންމެ ފުރަތަމަ ހައްޔަރު ކުރީ ދެ ބިދޭސީ އެކެވެ. އެހެންނަމަވެސް އެއީ ކޮން ގައުމެއްގެ ބައެއް ކަމެއް ފުލުހުން ބުނެފަ އެވެ.
ޝަރީފު މަރުވެފައި އޮއްވާ ފެނުނީ، އެ ރަށުގައި އެއާޕޯޓް ހަދާ ސަރަހައްދު ކައިރީ ފަޅު ގޯއްޗެއް ތެރޭގައި ހުރި ފުން ވަޅުގަނޑެއްގެ ތެރެއިންނެވެ. ޝަރީފަކީ އެ ރަށު ވަޑާންގެއެއްގައި މަސައްކަތްކުރާ މީހެކެވެ.
ޝަރީފުގެ ހަށިގަނޑު އޮތީ މާލެ ގެނެސް ގަލޮޅު ސަހަރާގައި ހުންނަ ގަބުރު ރައްކާކުރާ ކޮށާރުގައި ބާއްވާފަ އެވެ. އޭނާ ވަޅުލުމުގެ ކަންތައް ހަމަޖައްސަން ބަންގްލަދޭޝްގެ އެމްބަސީ މެދުވެރިކޮށް އާއިލާއާ ވާހަކަދައްކަމުންދާ ކަމަށް ވެސް ފުލުހުން ވަނީ ބުނެފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ