ދައުލަތުން ދަނީ ރައްޔިތުން ރޭޕް ކުރަމުން: ޑރ. ޝަކީލާ

ރާއްޖޭގައި މިހާރު ހިނގަމުންދާ ކަންތައްތަކުން ފެނިގެންދަނީ ރައްޔިތުންނަށް ހިމާޔަތްދީ މަގުދައްކަން ޖެހޭ ފަރާތްތަކުން އެންމެ ހަޑިކޮށް ރައްޔިތުން ރޭޕްކުރާ މަންޒަރު ކަމަށް ކުރީގެ ހެލްތް މިނިސްޓަރު ޑރ. މަރިޔަމް ޝަކީލާ ވިދާޅުވެއްޖެއެވެ.
އެކަމަނާ މިހެން ވިދާޅުވެފައިވަނީ މިއަދު އެކަމަނާ ކޮށްފައިވާ ޓްވީޓެއްގައެވެ.
ޝަކީލާ ވިދާޅުވެފައިވެއެވެ. "ކަމަކަށް ފަހު ކަމަކުން އަޅުގަނޑުމެންގެ ގައުމުން ފެނިގެން މިދަނީ ރައްޔިތުންނަށް ހިމާޔަތްދީ މަގުދައްކައިދޭން ރައްޔިތުން އިތުބާރު ކުރި ފަރާތްތަކުން އެންމެ ހަޑިކޮށް އަޅުގަނޑުމެން އެންމެން ރޭޕް ކުރަމުންދާ މަންޒަރު"
މީގެ އިތުރުން ރައީސް މުހައްމަދު ނަޝީދު 13 އަހަަރަށް ޖަލަށް ލާން ކްރިމިނަލް ކޯޓުން ރޭ ކުރި ހުކުމަކީ އިންސާފުވެރި ހުކުމެއް ކަމާ މެދު އެކަމަނާ ވަނީ ސުވާލު އުފައްދާފައެވެ.  ބޭއިންސާފުން، ގަބޫލުކުރެވޭ އަސާސްތަކުގެ ބޭރުން ހިންގުނު ޝަރީއަތަކުން އިންސާފުވެރި ހުކުމެއް އައިސްދާނެތޯ އެކަމަނާ ސުވާލު އުފައްދަވެއެވެ.  އަދި ބޭއިންސާފުން ހޯދޭ ކުރިއެރުމެއްގެ އަޖަލު ވަރަށް ކުޑަވާނެ ކަމަށްވެސް ޝަކީލާ ވިދާޅުވެފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ