ފުނަދު އާއި ކުޑަހުވަދު އަށް މެޖިސްޓްރޭޓުން އައްޔަން ކޮށްފި

ށ. ފުނަދު އާއި ދ. ކުޑަހުވަދޫގެ ކޯޓަށް މެޖިސްޓްރޭޓުން އައްޔަން ކޮށްފިއެވެ.
ޖޭއެސްސީން ނެރުނު ބަޔާނުގައިވާ ގޮތުން ކޯޓުތަކަށް އަލަށް އައްޔަންކުރެވުނު މެޖިސްޓްރޭޓުންނަކީ:
އެ ކޮމިޝަނުން ބުނީ، ޔާސިރާއި ނައީމް މެޖިސްޓްރޭޓް ކޯޓުތަކަށް އައްޔަންކުރަން ނިންމާފައި ވަނީ "ފަނޑިޔާރުން އައްޔަންކުރުމުގައި ކޮމިޝަނަށް ލަފާދޭ" ކޮމިޓީން ދެ ބޭފުޅުންނާ އިންޓަވިއުކުރުމަށް ފަހު ކަމަށެވެ.
ކުޑަހުވަދޫގެ މެޖިސްޓްރޭޓް ކަމަށް އައްޔަންކުރި ޔާސިރު ވަނީ ވިލާ ކޮލެޖުން ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރައްވައިފައެވެ. އޭގެ އިތުރުން ޝަރުއީ ދާއިރާ އަށް ތިން އަހަރު ހިދުމަތް ކުރެއްވުމަށް ފަހު 2019 ފެބްރުއަރީ 11 އިން ފެށިގެން ކުޑަހުވަދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުކަން ވަނީ ކުރައްވައިފައެވެ.
ފުނަދޫގެ މެޖިސްޓްރޭޓް ކަމަށް އައްޔަންކުރި ނައީމް ވަނީ ރާއްޖޭގެ އިސްލާމިކް ޔުނިވާސިޓީން ބެޗެލާ އޮފް ޝަރީއާ އެންޑް ލޯ ހާސިލްކުރެއްވުމުގެ އިތުރުން ވިލާ ކޮލެޖުން މާސްޓާސް ހާސިލްކުރައްވައިފައެވެ. އެއަށް ފަހު ފަސް އަހަރުގެ މުއްދަތަކަށް ޝަރުއީ ދާއިރާ އަށް ހިދުމަތްކޮށްދެއްވައި، މިދިޔަ އަހަރުގެ އޮގަސްޓް މަހުން ފެށިގެން ކ. ތުލުސްދޫ މެޖިސްޓްރޭޓް ކޯޓުގެ ލީގަލް އޮފިސަރުކަން ވަނީ ކުރައްވައިފައެވެ.
ދެ ބޭފުޅުން ހުވާ ކުރައްވާނީ އަންނަ މަހުގެ 4 ގައި ކަމަށް، ޖޭއެސްސީން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ