އިސްލާމިކް ސޮލިޑާރިޓީ ގޭމްސް: ބާރު ދުވުންތެރިޔާ ސާއިދު ފަހަތަށް ޖައްސާލުމަށްފަހު އިބާދުﷲ ކުރިއަށް

އިސްލާމިކް ސޮލިޑްރީ ގޭމްގައި ރާއްޖޭގައި އުފެދުނު އެންމެ ބާރު ދުވުންތެރިޔާ ހަސަން ސާއިދަށް ވުރެ ޒުވާން އަވަހަށް ރޭސް ނިންމައި ދުވުންތެރިޔާ އިބާދުﷲ އާދަމް ބޮޑު ކުރިއެރުމެއް ހޯދައިފިއެވެ. އެ މުބާރާތުގެ 100 މީޓަރު ދުވުމުގެ ފުރަތަމަ ހީޓުގައި ސާއިދު ވަނީ ދުވެފައެވެ. އެ ހީޓް އޭނާ ނިންމާފައިވަނީ 10.60 ސިކުންތުންނެވެ. ނަމަވެސް މުބާރާތުގެ ފަސްވަނަ ހީޓުގައި ރާއްޖޭގެ އިބާދުﷲ 10.54 ސިކުންތުން ވަނީ އެ ރޭސް ނިންމައިފައެވެ. ސަތޭކަ މީޓަރު ދުވުމުގެ ޤައުމީ ރިކޯޑު އަދިވެސް އޮތީ ސާއިދު އަތުގައެވެ. އޭނާ ރިކޯޑު ހަދާފައިވަނީ 10:33 ސިކުންތުން ދުވެގެންނެވެ. އެ ރިކޯޑަކީ 2016 ވަނަ އަހަރު ޖެމެއިކާގައި ކުރިއަށްދިޔަ އެމްވީޕީ ޓްރެކް އެންޑް ފީލްޑް އިވެންޓުގައި ދުވެ އޭނާ ހަދައިފައިވާ ރިކޯޑެކެވެ. ސާއިދު އެ ރިކޯޑު މުގުރާލުމުގެ ކުރީގައި ވެސް އެ ރިކޯޑު އޮންނަނީ ހަމަ އޭނާ އަތުގައެވެ. ކުރިން އޭނާ ރޭސް ނިންމައި ރެކޯޑު އާކޮށްފައިވަނީ 10:41 ސިކުންތުން ރޭސް ނިންމައިގެންނެވެ. ސާއިދު އަކީ 100 މީޓަރު ދުވުމުގެ އިތުރުން 60 މީޓަރު ދުވުމާއި، 200 މީޓަރު ދުވުން އަދި 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އޮންނަ ދުވުންތެރިޔާއެވެ. އޭގެ އިތުރުން ހަތަރެއް ގުނަ 100 މީޓަރު އަދި ހަތަރެއް ގުނަ 400 މީޓަރު ދުވުމުގެ ގައުމީ ރެކޯޑު އޮންނަ ރިލޭ ޓީމުގައި ވެސް ސާއިދު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ