ރައްޔިތުން ﷲ ގެ ދީނަށް ނަޞްރުދޭނަމަ ﷲ ރައްޔިތުންނަށް ނަޞްރު ދެއްވަވާނެކަން ޤުރްއާނުން!

ވެރިކަމާއި ފައިސާގެ ދަހިވެތިކަމުގައި ބައަކު އިސްލާމް ދީން ނިކަމެތިކުރަން މަސއްކަތްކުރިނަމަވެސް އެކަމެއް ނުކުރެވޭނެއެވެ. އިން ޝާ ﷲ. ރާއްޖޭގެ މުސްލިމް ރައްޔިތުން ﷲ ގެ ދީނަށް ނަޞްރުދޭނަމަ ﷲ ރައްޔިތުންނަށް ނަޞްރު ދެއްވަވާނެކަން ޤުރްއާނުން މިއޮތީ ފެންނާށެވެ! 
"އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން ﷲ އަށް (އެބަހީ: ﷲ ގެ ދީނަށް) ނަޞްރުދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރުދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތުކުރައްވާނެތެވެ." (މުޙައްމަދު: 7 )
ޢަބްދުﷲ ރަޝީދު
"ދީނާ ދީބުގެ އަބްޠާލުންގެ ޒިކުރާ އާކުރުމީ އެއަބްޠާލުން އަހުރެމެންނަށް ފޯރުކޮށްދެއްވި އަމާނާތަށް ރައްކާތެރިވުމެވެ. އެއަބްޠާލުންގެ މަސައްކަތުން އިބްރަތާއި ނަމޫނާ ލިބިގަތުމެވެ."
- ޝައިޚް މުޙައްމަދު ޝިފާން 
ރާއްޖޭގައި އިސްލާމް ދީން ނިކަމެތިކުރަމުން ފާހަގަމިކުރަނީ ކޮން ނަޞްރުގެ ދުވަހެއް ހެއްޔެވެ؟ ޝަހީދު ޙުސައިން އާދަމް ޝަހީދުވީ ރާއްޖޭގައި އެހެން ދީންތައް ފަތުރަން ހުއްދަ ދޭންކަމަށް ހީކުރަނީހެއްޔެވެ؟  
އޭ އީމާންވެއްޖެ މީސްތަކުންނޭވެ! ތިޔަބައިމީހުން اللَّه އަށް (އެބަހީ: اللَّه ގެ دين އަށް) ނަޞްރުދޭނަމަ، އެކަލާނގެ ތިޔަބައިމީހުންނަށް ނަޞްރުދެއްވާނެތެވެ. އަދި އެކަލާނގެ ތިޔަބައިމީހުންގެ ފައިތިލަތައް ސާބިތުކުރައްވާނެތެވެ.[محمد:7] pic.twitter.com/ZZWeB8Qir9
— Abdulla Rasheed (@Abdulla_Rshyd) November 3, 2022
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ