ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުން އިމްޕޯޓުކުރި މުދަލަކީ ޖުމްލަ އިމްޕޯޓުގެ ގާތްގަނޑަކަށް 25.8 އިންސައްތަަ އެވެ.
ދައުލަތުގެ ކުންފުނިތަކުން މި އަހަރުގެ ސެޕްޓެންބަރު މަހުގެ ނިޔަލަށް އިމްޕޯޓުކުރި މުދަލުގެ އަގު 655.2 މިލިއަން ރުފިޔާއަށް އަރައިފި އެވެ.
މަރުކަޒީ ބޭންކު މޯލްޑިވްސް މަނިޓަރީ އޮތޯރިޓީން ކޮންމެ މަހަކު އެއްފަހަރު އާންމުކުރާ ތަފާސްހިސާބުތަކަށް ބަލާއިރު މި އަހަރުގެ ޖަނަވަރީން ސެޕްޓެންބަރުގެ ނިޔަލަށް ދައުލަތުގެ ޖުމްލަ އިމްޕޯޓަކީ 692.4 މިލިއަން ރުފިޔާ އެވެ.
އެއިން ސަރުކާރުގެ ސީދާ އިމްޕޯޓުގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 37.2 މިލިއަން ރުފިޔާގެ މުދަލެވެ. ބާކީ 655.2 މިލިއަން ރުފިޔާގެ މުދަލަކީ ދައުލަތުގެ ކުންފުނިތަކުން އިމްޕޯޓުކޮށްފައިވާ މުދަލެވެ.
މި އަހަރުގެ ސެޕްޓެންބަރުގެ ނިޔަލަށް ރާއްޖެއަށް އިމްޕޯޓުކޮށްފައިވަނީ 2.6 ބިލިއަން ރުފިޔާގެ މުދަލެވެ. އެހެންކަމުން ސަރުކާރާއި ދައުލަތުގެ ކުންފުނިތަކުން އިމްޕޯޓުކުރި މުދަލަކީ ޖުމްލަ އިމްޕޯޓުގެ ގާތްގަނޑަކަށް 25.8 އިންސައްތަަ އެވެ.
އެމްއެމްއޭގެ ތަފާސްހިސާބުތަކަށް ބަލާއިރު ދައުލަތުގެ ކުންފުނިތަކުން އެންމެ ގިނަ އަދަދެއްގެ މުދާ އިމްޕޯޓުކުރިކަމަށް ފެންނަނީ 2022 ވަނަ އަހަރު އެވެ. އެ އަހަރު އެއް ބިލިއަން ރުފިޔާއަށްވުރެ ގިނަ މުދާ ދައުލަތުގެ ކުންފުނިތަކުން އިމްޕޯޓުކުރި އެވެ.
މި އަހަރުގެ ހިސާބުތަކަށް ބަލާއިރު ދައުލަތުގެ ކުންފުނިތަކުން އެންމެ ގިނައިން މުދާ ިއމްޕޯޓުކުރި މަހަކީ މޭ މަހެވެ. އެ މަހު 89.4 މިލިއަން ރުފިޔާގެ މުދާ ދައުލަތުގެ ވިޔަފާރިތަކުން އިމްޕޯޓުކޮށްފައިވެ އެވެ. ދެން އެންމެ ގިނަ މުދާ އިމްޕޯޓުކުރީ 83.6 މިލިއަން ރުފިޔާގެ މުދާ އިމްޕޯޓުކުރި ސެޕްޓެންބަރު މަހު އެވެ.
އަމިއްލަ ވިޔަފާރިތަކުގެ އިމްޕޯޓު މި އަހަރު 1.9 ބިލިއަނަށް އަރާފައިވާއިރު އެންމެ ގިނައިން އަމިއްލަ ވިޔަފާރިތަކުން އިމްޕޯޓުކުރި މަހެއްގެ ގޮތުގައި ރެކޯޑުކުރެވިފައިވަނީ 246.4 މިލިއަން ރުފިޔާގެ މުދާ އަމިއްލަ ފަރާތްތަކުން އިމްޕޯޓުކުރި ސެޕްޓެންބަރެވެ.
މި މަސައްކަތުގައި އަހަރެމެން ހަމަ ހަމަ ވާނެ، އިންސާފުވެރި ވާނެ، އިތުބާރު ދަމަހައްޓާނެ
ދައުލަތުގެ ކުންފުނިތަކުގެ އިމްޕޯޓު 655 މިލިއަން ރުފިޔާއަށް އަރައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ