އެއް ލީޓަރުގެ ފެންފުޅި މަނާކުރާ ތާރީޚު އަނެއްކާ ވެސް ފަސްކޮށްފި

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިރޭ ނެރުއްވި ގަރާރުގައި އެއް ފަހަރު ބޭނުންކުރުމަށްފަހު އެއްލައިލާ ޕްލާސްޓާއި ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން މަނާކޮށްފައިވާ 14 ބާވަތުގެ ތެރޭގައި ހިމެނޭ އެއް ލީޓަރަށް ވުރެ ކުދި ޕުލާސްޓިކު ފެންފުޅި އެތެރެ ކުރުމާއި އުފެއްދުން މަނާ ކުރާ ތާރީޚު އަނެއްކާވެސް ފަސްކުރައްވައިފިއެވެ. ރައީސް އޮފީހުން ބުނި ގޮތުގައި 'ތިމާވެށްޓަށް ގެއްލުންދޭ ސިންގަލް- ޔޫސް ޕްލާސްޓިކުގެ ބާވަތްތަކުގެ ލިސްޓު ކަނޑައެޅުން'، މި ގަރާރަށް އިސްލާހު ގެންނަވާފައި މިވަނީ ތިމާވެށްޓާއި ފަތުރުވެރިކަމާ ބެހޭ ވުޒާރާގެ ލަފައާ އެކުއެވެ. އެގޮތުން ބަދަލު ގެންނަވާފައިވަނީ، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް ދިވެހިރާއްޖެއަށް އެތެރެކުރުމާއި ދިވެހިރާއްޖޭގައި އުފެއްދުން މަނާކުރުން ތަންފީޒުކުރެއްވުމަށް ކަނޑައަޅުއްވާފައި އޮތް ތާރީޚަށާއި، އެތަކެތި ބާޒާރަށް ނެރުން މަނާކުރުން ތަންފީޒުކުރުމަށް ކަނޑައަޅުއްވާފައި އޮތް ތާރީޚަށެވެ. މި އިސްލާހު ގެންނެވުމުގެ ކުރީން، އެއް ލީޓަރާއި އެއް ލީޓަރަށް ވުރެ ކުދި 500 މިލިލީޓަރާ ދެމެދުގެ ޕްލާސްޓިކު ފުޅީގައި ފެން ބަންދުކޮށް އެތެރެކުރުމާއި، އުފެއްދުން މަނާކުރަން ފެށުމަށް ކަނޑައެޅީ މިމަހުގެ އެއްވަނަ ދުވަހުން ފެށިގެންނެވެ. އެހެންނަމަވެސް މި އިސްލާހާއެކު، އެ ތާރީޚު މިހާރު ވަނީ، 2027 ވަނަ އަހަރުގެ ޑިސެމްބަރު އެކަކަށް ފަސްކުރައްވާފައެވެ. އަދި މި އިސްލާހު ގެންނެވުމުގެ ކުރީން، މި ތަކެތި ބާޒާރަށް ނެރުން މަނާކުރެއްވުމަށް ނިންމަވާފައި ވަނީ، އަންނަ މާޗު މަހުގެ އެއްވަނަ ދުވަހުއެވެ. އެހެންނަމަވެސް އިސްލާހާއެކު މި ތާރީޚު ވަނީ، 2028 ވަނަ އަހަރުގެ ޖޫން އެކަކަށް ބަދަލުކުރައްވާފައެވެ. https://sun.mv/185494 ފާހަގަކޮށްލެވޭ ގޮތުގައި އެއް ލީޓަރަށް ވުރެ ކުދި ޕުލާސްޓިކު ފެންފުޅި އެތެރެ ކުރުމާއި އުފެއްދުން މަނާ ކުރާ ތާރީޚު، 2023 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ އެއްވަނަ ދުވަހު ވެސް ރައީސް މުއިއްޒު ވަނީ އެމަނިކުފާނުގެ ގަރާރަކުން ފަސްކުރައްވައިފައެވެ. އެއް ފަހަރު ބޭނުންކުރުމަށްފަހު އެއްލައިލާ ޕްލާސްޓާއި ޕްލާސްޓިކްގެ ބާވަތްތަކުގެ ތެރެއިން މަނާކޮށްފައިވާ 14 ބާވަތް: ޕްލާސްޓިކް ހޮޅި ޕްލާސްޓިކް ތަށި ސަމުސާ، ވަޅި، އޫ އަދި ދިޔާއެއްޗެހި ގިރުމަށް ބޭނުންކުރާ ދަނޑިކޮޅި ސްޓައިރަފޯމް ތަށި 30 ސެންޓިމީޓަރަށްވުރެ ކުދި ޕްލާސްޓިކް ކޮތަޅު 50 މައިކްރޯންއަށް ވުރެ ތުނި ޕްލާސްޓިކް ކޮތަޅު ޕްލާސްޓިކް ޕެކެޓުގައި ބަންދުކޮށްފައި ހުންނަ ސުޕާރީ ޕްލާސްޓިކް ޕެކެޓު ފިޔަވާ އެހެނިހެން ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ ސުޕާރީ 250 މިލިލީޓަރަށްވުރެ ކުޑަ އެއްފަހަރު ބޭނުން ކުރެވޭ ޕްލާސްޓިކް ތަށި ޕްލާސްޓިކް ދަނޑުކޮޅު ލާފައި ހުންނަ ކަފަބުރު 50 މިލިލީޓަރުން ފެށިގެން 50 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން 50- މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ ޕްލާސްޓިކުގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނާ އަދި ލޯޝަން 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން އެއް ލީޓަރާއި އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް ރާއްޖޭގެ ބާޒާރަށް އެތެރެނުކުރެވޭ ޕްލާސްޓިކާއި، ނުއުފެއްދޭނެ ޕްލާސްޓިކްގެ އިތުރުން ނުވިއްކޭނެ ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓެއް ނިމިދިޔަ އެމްޑީޕީގެ ސަރުކާރުގައި ވަނީ އެކުލަވާލާފައެވެ. އެގޮތުން އެއް ލީޓަރާ އެއް ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފެންފުޅިއަކީ ތިމާވެއްޓަށް ގެއްލުންދޭ ސިންގަލް ޔޫސް ޕްލާސްޓިކު މަނާ ކުރެވޭ ލިސްޓުގެ ތެރެއިން މަނާ ކުރެވޭ އެންމެ ފަހު ބާވަތެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ