މާލޭގެ ގެއެއްގައި އުމުރުން 64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް 32 އަހަރުގެ އަންހެނަކު މިއަދު ހަލާދިނުމާ ގުޅިގެން އެ މާރާމާރީގައި އަނިޔާވި އެ ދެ މީހުންނަށް ވެސް ފަރުވާ ދެމުންދާ ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ވީ ކިހިނެއް؟ - ފުލުހުން ބުނި ގޮތުގައި، "ލޯބީގެ ގޮތުން ގުޅިގެން އުޅޭ" އެ ދެ މީހުން، މާލޭގެ ގެއެއްގެ ތެރޭ ހިނގި ޒުވާބެއްގައި ހަމަނުޖެހުން ހިންގައި އެކަކު އަނެކަށް ހަމަލާދީ މާރާމާރީ ހިންގިކަމުގެ ރިޕޯޓު އެ އިދާރާއަށް ލިބުނީ މިއަދު ހެނދުނު 10 ހާއިރު އެވެ.
ފުލުހުންގެ ބަސް - "މާރާމާރީގައި އަނިޔާވެފައިވަނީ 64 އަހަރުގެ ފިރިހެނަކަށާއި 32 އަހަރުގެ އަންހެނަކަށް. މި ދެ މީހުންގެ ތެރެއިން 64 އަހަރުގެ މީހާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީ ޒަހަމްކޮށްލާފައިވޭ،" ފުލުހުންގެ މީޑީއާއިން ފޮނުވި މެސެޖެއްގައިވެ އެވެ.
"މިހާތަނަށް ބެލިބެލުމުން މި މާރާމާރީއަކީ ލޯބީގެ ގޮތުން ގުޅިގެން އުޅޭ ދެ މީހުންގެ މެދުގައި ހިނގި ޒުވާބެއްގެ ތެރެއިން ހިނގި ހަމަނުޖެހުމުގައި ހިންގި މާރާމާރީއެއްކަން އެނގިފައިވޭ. މިމައްސަލަ ފުލުހުން ދަނީ ތަހުގީގު ކުރަމުން."
އެ ދެ މީހުންނަކީ ވެސް ދިވެހިން ކަމަށް ފުލުހުންގެ މީޑިއާ އޮފިޝަލް 'ދައުރު'އަށް ވިދާޅުވި އެވެ. މިކަމާ ގުޅޭ އިތުރު ތަފްސީލެއް އަދި ނުލިބެ އެވެ.
64 އަހަރުގެ ލޯބިވެރިޔާގެ ބުރަކައްޓަށް ތޫނު އެއްޗަކުން ހަމަލާދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ