ސިނގިރޭޓް ވައްކަން: ބިދޭސީއަކު ހައްޔަރުކޮށްފި
ހުޅުމާލޭގެ އެމްޕީއެލް ޕޯޓްގައި ހުއްޓައި ސިނގިރޭޓު ކޮންޓެއިނަރުތަކެއް ވަގަށް ނެގި މައްސަލައިގެ ތުހުމަތުގައި އިތުރު މީހަކު ހައްޔަރުކޮށްފި އެވެ.މި މައްސަލައިގެ ތުހުމަތުގައި ފުލުހުން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ މުހައްމަދު އަލަމިން މިއާ (36އ) އެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މިމަހުގެ 12 ވަނަ ދުވަހު އެވެ.އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރު ކުރުމުން ޝަރީއަތް ނިމެންދެން ބަންދު ކުރުމަށް އަމުރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ މިދިޔަ އެޕްރީލް މަހުގެ ތެރޭގައި ގަވާއިދާ ހިލާފަށް ރާއްޖެ އެތެރެ ކުރުމުން އެ މަހުގެ 26 ވަނަ ދުވަހު ކަސްޓަމްސް ސަރވިސްއިން ހިފަހައްޓާފައި ހުރި ދެ ކޮންޓެއިނަރުގެ ހުޅުމާލޭ ޕޯޓުން ވަގަށް ނަގައިފައިވާ މައްސަލަ ފުލުހުންނަށް ހުށަހެޅި މިދިޔަ މަހުގެ 9 ގަ އެވެ.މި މައްސަލައިގެ ތުހުމަތުގައި މިހާތަނަށް ޖުމުލަ 10 މީހަކު ހައްޔަރުކޮށް މައްސަލަ އަންނަނީ ތަހުގީގު ކުރަމުންނެވެ. އޭގެ ތެރޭގައި ދެ ވިޔަފާވެރިޔަކު ވެސް ހިމެނެ އެވެ. އެއީ މަޝްހޫރު ލޮޓަސްގެ ވެރިޔާ އަހްމަދު އާރިފް (އާއްޓޭ) އާއި އެޕޯލޯ ހޯލްޑިންގްސްގެ ވެރިޔާ މުހައްމަދު ވަހީދު (ދިގަލި) އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ