އަރަމުން އަންނަ ތަރި މަބްރޫކަށް ވޯލްޑް ޗެމްޕިއަންޝިޕުން ރިހި މެޑަލް

އިންޑޮނޭޝިއާގެ ބަޓަމްގައި މިހާރު ކުރިއަށްދާ 16 ވަނަ ވޯލްޑް ބޮޑީބިލްޑިންގ އެންޑް ފިޒީކް ސްޕޯޓްސް ޗެމްޕިއަންޝިޕުގައި ރާއްޖޭގެ އަރަމުން އަންނަ އެތުލީޓު ޢަލީ މަބްރޫކް ލަޠީފް ރިހި މެޑަލް ހޯދައިފިއެވެ. މުބާރާތުގައި މަބްރޫކް ރިހި މެޑަލް ހޯދާފައިވަނީ ފިރިހެނުންގެ ސްޕޯޓްސް ފިޒީކް އަޕް ޓު 180 ސެންޓިމީޓަރު ކެޓަގަރީގައި ވަރުގަދަ ގައުމުތަކަކާއި ވާދަކޮށްގެންނެވެ. މިފަހަރުގެ މުބާރާތަށް ތައްޔާރުވުމުގެ ގޮތުން ދުރާލާ ދިވެހި ޓީމުން ދިޔައީ ތައްޔާރުވަމުންނެވެ. މަބްރޫކުގެ އިތުރުން ރާއްޖޭގެ އަޒްނީން ރަޝާދު ވަނީ ވާދަކުރި އިވެންޓުން ރަން މެޑަލް ހޯދާފައެވެ. މިއީ ވޯލްޑް ޗެމްޕިއަންޝިޕުގައި އަޒްނީން ރަން މެޑަލް ޖެހިޖެހިގެން ހޯދި ހަތަރުވަނަ އަހަރެވެ. ކެޕްޝަން.. މުބާރާތުގައި ރާއްޖެ ތަމްސީލުކުރާ ޓީމުގައި ހިމެނޭ އެތުލީޓުންނަކީ އަހުމަދު ނައީމް، އަޒްނީން ރަޝާދު، މަނާފް ވަހީދު، އަލީ މަބްރޫކް ލަތީފް އަދި އިސްމާއިލް ޝުއާއު ޢަބްދުﷲ އެވެ. ޓީމުގެ ހެޑު ކޯޗެއްގެ ގޮތުގައި ޢަބްދުލްހަސީބު ހުސައިން ހަރަކާތްތެރިވާއިރު، މެނޭޖަރެއްގެ ގޮތުން ހަރަކާތްތެރިވަނީ މުހަންމަދު ނަޒީހު އެވެ. މުބާރާތުގައި ރާއްޖެއިން ވާދަކުރާ ކެޓަގަރީތަކަކީ 17 ސެންޓިމީޓަރ ސްޕޯޓް ފިޒީކް، 175 ސްޕޯޓް ފިޒީކް، 167 އެތުލެޓިކް ފިޒީކް، 175 އެތުލެޓިކް ފިޒީކް އަދި އަޕް ޓު 180 އެތުލެޓިކް ފިޒީކް ކެޓަގަރީއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ