މުލަކު ސްކޫލްގެ ބެޑްމިންޓަން ކޯޗިން ކޭމްޕް ފަށައިފި

މ. މުލަކު ޕޮލިސް ސްޓޭޝަނުން އެ ރަށު ސުކޫލްގައި ތައުލީމް ހާސިލްކުރާ ދަރިވަރުންނަށް އަމާޒްކޮށްގެން ބެޑްމިންޓަން ކޯޗިން ކޭމްޕެއް ފަށައިފި އެވެ.
ބެޑްމިންޓަންގެ ހުނަރު ދަސްކޮށްދީ ސްކޫލު ޗުއްޓީ ބޭނުން ހެޔޮގޮތުގައި ހިފުމަށް ބާރުއެޅުމުގެ ގޮތުން މިމަހުގެ 30 ވަނަ ދުވަހުގެ ނިލަޔަލަށް ކުރިއަށްދާ މި ކޭމްޕްގައި އެސުކޫލްގެ 26 ދަރިވަރަކު ބައިވެރިވެފައިވެ އެވެ.
މި ކޭމްޕުގައި ބެޑްމިންޓަންގެ ގަވާއިދާއި ހުނަރުތައް ދަސްކޮށްދެވޭނެއެވެ. މި ކޭމްޕުގައި ކޯޗުކަން ކޮށްދެނީ މުލަކު ޕޮލިސް ސްޓޭޝަނުގައި މަސައްކަތްކުރާ އިބްރާހިމް ޝަފީއު އެވެ.
މި ކޭމްޕަށް ބެލެނިވެރިންގެ ވަރަށް ބޮޑު އެއްބާރުލުމެއް ލިބެމުން އަންނަ ކަމަށް ފުލުހުން މައުލޫމާތު ދެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ