ރާއްޖޭގައި ނުގަވާއިދުން އުޅޭ ބަންގްލަދޭޝް ރައްޔިތުން ރެގިއުލޭޓް ކުރުމަށް ދިވެހި ސަރުކާރުގެ އެހީއަށް އެދިއްޖެ

ރާއްޖޭގައި ނުގައިވާއިދުން އުޅޭ ބަންގްލަދޭޝްގެ ރައްޔިތުން ރެގިއުލޭޓް ކުރުމަށް އެ ގައުމުން ދިވެހި ސަރުކާރުގެ އެހީތެރިކަމަށް އެދިއްޖެއެވެ.
ބަންގްލަދޭޝްއިން މިގޮތަށް އެދިފައި ވަނީ ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމު އެގައުމަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން ބަންގްލަދޭޝްގެ ފޮރިން މިނިސްޓަރު އޭކޭ އަބްދުލް މޮމެންއާ ބަދަލުކުރެއްވުމުންނެވެ. އެ ބައްދަލުކުރެއްވުމުގައި މޮމެން ވަނީ ބަންގްލަދޭޝްގެ ގިނަ ރައްޔޮތުން ރާއްޖޭގައި މަސައްކަތް ކުރަމުންދާކަން ފާހަގަކުރައްވާފައެވެ.
މޮމެން ވަނީ ރާއްޖޭގައި ނުގަވާއިދުން އުޅޭ ބަންގްލަދޭޝްގެ ރައްޔިތުންވެސް އުޅޭކަން ފާހަގަކުރައްވައި، އެފަދަ މަސައްކަތްތެރިން ރަޖިސްޓާކޮށް، ރެގިއުލޭޓް ކުރުމަށް ދިވެހި ސަރުކާރުގެ އެހީއަށް އެދިވަޑައިގެންފައެވެ.
އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލް ވަނީ ކޮވިޑުގެ ހާލަތުގައި ބަންގްލަދޭޝްއިން ރާއްޖެއަށް ދެއްވި އެހީތެރިކަމަށް އެ ގައުމުގެ ސަރުކާރަށް ޝުކުރުއަދާކޮށްފައެވެ. އަދި އ.ދގެ އާންމު މަޖިލީހުގެ ރިޔާސަތަށް ރާއްޖެއިން ކުރިމަތިލުމުން ބަންގްލަދޭޝްއިން ދެއްވި އެހީތެރިކަމަށް ޝުކުރު އަދާކޮށްފައިވެއެވެ.
އެ ބައްދަލުކުރެއްވުމުގައި ނައިބު ރައީސް ފައިސަލްއާއި މޮމެން ވަނީ ރާއްޖެއާއި ބަަންގްލަދޭޝްގެ ރައްޔިތުންގެ ގުޅުން އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާފައެވެ. އަދި އެކި އިދާރާތަކުން ގުޅުން ބަދަހިކުރުމުގެ ގޮތުން އެއްބަސްވުންތަކުގައި ސޮއިކުރުުމަށް މަޝްވަރާކޮށްފައިވެއެވެ.
ނައިބު ރައީސްގެ ދަތުރުފުޅުގައި އެމަނިކުފާނުގެ އަރިހުގައި ހެލްތް މިނިސްޓަރު އަހްމަދު ނަސީމާއި، ހަޔާ އެޑިއުކޭޝަން މިނިސްޓަރު ޑރ. އިބްރާހީމް ހަސަން ބައިވެރިވެވަޑައިގެންނެވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ