އެލައިޑްގެ ކަލަންޑަރުން އެތައް ބަޔަކު ލައްކަ ފައިސާ އެއްކޮށްފި

ކޮންމެ އަހަރަކުވެސް ކުންފުނިތަކުން، އާ އަހަރަށް ތައްޔާރުވުމަށް ކުރާ އެއް މަސައްކަތަކީ ކޯޕަރޭޓް ކަލަންޑަރު ތައްޔާރުކޮށް ކޯޕަރޭޓު ޕާޓްނަރުންނަށް ބަހާލުމެވެ. ނިމިދިޔަ 2019 ވަނަ އަހަރުވެސް އާ އަހަރުގެ ހަދިޔާގެ ގޮތުގައި ތަފާތު ކަލަންޑަރުތައް އެކި ކުންފުނިތަކުން ލިބިފައިވެ އެވެ. މީގެ ތެރެއިން އެންމެ ފާހަގަ ކުރެވުނު އެއް ކަލަންޑަރަކީ އެލައިޑް އިންޝުއަރެންސް އިން ބެހި، ބިގީ ބޭންކެއްގެ ކޮންސެޕްޓަށް ފަރުމާކޮށްފަިއވާ "ފަހަށް ރައްކާކުރެވޭ ގެ" ހިމެނޭ ކަލަންޑަރެވެ. އިންޝުއަރެންސް އާއި ފަހަށް ފައިސާ ރައްކާކުރުމުގެ މުހިންމުކަމުގެ ގިނަ ވާހަކަތަކެއް ކިޔައިދިން މި ކަލަންޑަރަށް މިދިޔަ އަހަރު ބޮޑު ސަމާލުކަމެއް ހުއްޓުނެވެ. ކަލަންޑަރުގެ ތަފާތުކަމުން ގިނަ ބަޔަކު ކަލަންޑަރު ހޯދަންވެސް މަސައްކަތް ކުރި އެވެ. އޮފީހުގެ މޭޒުމަތީ ބަހައްޓާފައި ހުންނައިރު ތަފާތު ރީތިކަމެއް ގެނެސްދިން މި ކަލަންޑަރުގެ އެއް ފަރާތެއްގައި ކަނޑާފައިވާ ކުޑަ ގޮޅި އަކީ ރައްކާ ކުރަން ބޭނުންވާ ފައިސާ ގޭގެ ތެރެއަށް ވައްޓާލަން ހުންނަ ހާއްސަ ގޮޅިއެކެވެ. ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް ކަލަންޑަރުގެ އަނެއް ފަޅީގައި، ގޭގެ ފުރާޅަށް ވާ ގޮތަށް ކުރަހާފައިވާ ހަތަރިސްކަން ގޮޅިއަކީ އަހަރު ނިމުނީމާ ހުޅުވަން ޖެހޭ ގޮޅިއެކެވެ. އަހަރު ނިމުމުން ގޭގެ ތެރެއަށް ވައްޓާލެވުނީ ކިހާ އަދަދެއްގެ ފައިސާއެއްކަން ބަލަންވީ އެވެ. މި އޮތީ އެ ދުވަސް އައިސްޖެހިފަ އެވެ. އެލައިޑުން އިއްޔެ އެދުނީ ކަލަންޑަރު ލިބިފައި ހުރި މީހުން އެބައި ހުޅުވައި ރައްކާކުރެވުނު ފައިސާގެ އަދަދު ބުނެދިނުމަށެވެ. https://twitter.com/alliedmv/status/1211957379476049923 އެއާ އެކު އެތައް ބަޔަކު އެ ކަލަންޑަރުގެ ތެރޭ ރައްކާކުރި ފައިސާގެ އަދަދު ހާމަކުރި އެވެ. ބައެއް މީހުން ހުރީ ދަރިން ފައިސާ ރައްކާ ކުރަން އެ ކަލަންޑަރު ދޫކޮށްލައިފަ އެވެ. އަހަރުގެ ތެރޭގައި ކަލަންޑަރުގެ ތެރެއަށް އަޅައިގެން ހާހެއްހައި ރުފިޔާ އެއްކުރި މީހުންވެސް އެބަތިއްބެވެ. އަނެއް ބަޔަކު 500-7000 ރުފިޔާ ވެސް އެއްކުރި އެވެ. ނަމަވެސް މިއީ ފަހަށް ރައްކާކުރުމުގެ އާދަ އަށަގެންނެވުމަށް އެލައިޑް އިން ކުރި މުހިއްމު މަސައްކަތަކުން ނިކުތް ރަނގަޅު ނަތީޖާ އެކެވެ. ސަން ފޮޓޯ/ އަހުމަދު އަވްޝަން އިލްޔާސް އެލައިޑުން މިދިޔަ އަހަރު ދިން އާ އަހަރުގެ ހަދިޔާ މިވީ ވަރަށް ވެސް ބޭނުންތެރި ހަދިޔާއަކަށެވެ. ފަހަށް ފައިސާ ރައްކާކުރުމުގެ މުހިންމުކަން ބުނެދޭން އެލައިޑްކޮށްފައި އޮތް މި މަސައްކަތުން ނެރެން ބޭނުންވި ނަތީޖާ ނެރެވިއްޖެ އެވެ. އެތައް ބަޔަކު ފައިސާ ރައްކާކުރި "ބޭންކަކަށް" މި ކަލަންޑަރުވީ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ