މުދަލު ޒަކާތް ބެހުން ބުދަ އަދި ބުރާސްފަތި ދުވަހު

ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތް ބެހުން ބުދަ އަދި ބުރާސްފަތި ދުވަހު ކުރިއަށް ގެންދިއުމަށް ނިންމައިފި އެވެ.
އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ 1440 ވަނަ އަހަރުގެ ފަގީރުންނާއި މިސްކީނުންގެ ދަފްތަރުގައި ހިމެނިފައިވާ ފަރާތްތަކުގެ ތެރެއިން މާލެއިން ރަޖިސްޓްރީ ވެފައިވާ ފަރާތްތަކަށް މުދަލު ޒަކާތް ބެހުން 25 އަދި 26 ސެޕްޓެމްބަރު 2019 ވާ ބުދަ އަދި ބުރާސްފަތި ދުވަހު އިސްލާމީ މަރުކަޒުގެ ހޯލުގައި ކުރިޔަށް ގެންދިޔުމަށް ވަނީ ހަމަޖެހިފައިވާކަމަށެވެ.
އެގޮތުން އެ ދެ ދުވަހު ހެނދުނު 9:30 ފެށިގެން 14:30ގެ ނިޔަލަށް ކުރިއަށް ގެންދާނެކަމަށެވެ.
އެ މިނިސްޓްރީން ބުނީ މާލެ ފިޔަވައި އެހެން ރަށްރަށުގައިމުދަލު ޒަކާތް ބަހާނެ ދުވަސް ކަނޑައަޅައި އެކަމުގެ އެންމެހައި އިންތިޒާމުތައް ހަމަޖައްސާނީ އެރަށެއްގެ ރަށުކައުންސިލުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ