އެސްޑީއެފް ފަންޑަށް ޖަމާކުރި ފައިސާ ބޮޑުތަން އިތުރުވެއްޖެ

ސޮވަރިން ޑިވެލޮޕްމެންޓް ފަންޑު (އެސްޑީއެފް) އަށް ޖަމާވާނެ ކަމަށް ކުރިން ލަފާކުރި އަދަދަށްވުރެ އަދަދަށް ވުރެ ގިނައިން އެ ފަންޑަށް ފައިސާ ޖަމާވެއްޖެ އެވެ.
އެސްޑީއެފް ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެ ދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ.
ރާއްޖޭގެ ދަރަނީގެ ބޮޑު ބައެއް ހިއްސާ ކުރާ އެއް މަޝްރޫއަކީ ވީއައިއޭ ތަރައްގީ ކުރަން ހިންގާ ބިޔަ މަޝްރޫ އެވެ.
ފިނޭންސް މިނިސްޓްރީން އާއްމު ކޮށްފައިވާ ހަފުތާގެ މާލީ ރިޕޯޓުގައިވާ ގޮތުން، އެސްޑީއެފް ފަންޑަށް މި އަހަރު ޖަމާ ކުރާނީ 705.6 މިލިއަން ރުފިޔާ އެވެ. ނަމަވެސް އެ ފަންޑަށް ޖަމާކުރި ފައިސާގެ އަދަދު ވަނީ 1.2 ބިލިއަން ރުފިޔާ އަށް ވުރެ މަތިވެފަ އެވެ.
އެސްޑީއެފް އުފެއްދީ 2017 ވަނަ އަހަރު އެވެ. މި ފައިސާ ޖަމާ ކުރަނީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ ވީއައިއޭ އިން ދޭ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ.
އެސްޑީއެފް ފަންޑަށް 2022 ވަނަ އަހަރު އަންނަން ވާއިރަށް 500 މިލިއަން ޑޮލަރަށް އިތުރުވާނެ ކަމަށް ސަރުކާރުން ކުރިން ބުނެފައިވެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ